އެސްޓީއޯ ފުވައްމުލަކު ފިހާރައަށް މިހާރު ކާޑު މެޝިނުން ފައިސާ ދެއްކޭނެ

އެސްޓީއޯ136 ފިހާރަ -ފުވައްމުލައް ސިޓީ ގައި ކާޑުމެޝިނުން ފައިސާ ދެއްކޭނެ.
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ހުންނަ އެސްޓީއޯ 136 ނަމްބަރު ފިހާރައަށް ކާޑު މެޝިނުން މިހާރު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެއްވައެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކެވި ފަރާތުން ހަމަކުރެއްވި ގޮތުގައި އެފިހާރާގައި ބެހެއްޓިހުރި ކާޑު މެޝިނުގައި މައްސަލަޖެހިއެއް މެޝިން ބޭނުންނުކުރެވި އެހާ ގިނަ ދުވަހެއް ވެފައެއް ނުވެއެވެ. އަދި ކޭޝްކާޑު މެޝިނަށް ދިމާވީ ނެޓްވޯކްގެ މައްސަލައެއް ކަމަށާއި މިހާރު އެމައްސަލަ ބީއެމްއެލްއިން ހައްލުކޮށްދީ މިއަދުން ފެށިގެން މެޝިން ބޭނުންކޮށްގެން ކާޑުން ފައިސާ ދެއްކޭނެ ކަމަށެވެ.

މިކަލް ނޫހުގައި އިއްޔެ ޝާއިއުކުރި ޚަބަރުގައި ވާ ބައެއް މައުލޫމާތުތައް ސައްހަނޫން ކަމަށް ވާހަކަދެއްކި ފަރާތުން ހަމަކުރެއްވިއެވެ. އެގޮތުން އެފިހާރައަށް އޮންލައިން ޕޭމެޕެންޓް ހެދޭގޮތަށް ކުރިން ވެސް ހަމަޖެހިފައިވާ ކަމަށާއި އެއީ ގިނަ ބަޔަކު މިހާރުވެސް ފައިސާ ދެއްކުމުގައި ބޭނުންކުރާ ޚިދުމަތެއް ކަމަށް ފާހަގަ ކުރިއެވެ.

އެސްޓީއޯ136 ފިހާރަ -ފުވައްމުލައް ސިޓީ

އެސްޓީއޯ  ފުވައްމުލަކު ފިހާރައަށް އޮންލައިންކޮށް ފައިސާ ދެއްކެނީ ބީއެމްއެލް މޮބައިލްޕޭއިން އެ ފިހާރައިން ދޭ ލިންކެއް މެދުވެރިކޮށެވެ. ކޮވިޑްއާއި ގުޅިގެން އައި ކަންކަމުގެ ތެރޭގައި މޯބައިލްޕޭ އިން ފައިސާ ދެއްކުމުގައި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެފިހާރައިން އެހީތެރިވެގެން ވެސް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.

އާއްމު މީހުންގެ ކުދި ފިހާރަތަކާއި އެސްޓީއޯ ކަހަލަ ބޮޑެތި ފިހާރަތަކުގައި އޮންލައިން ޕޭމެންޓްތަކަށް ފައިސާ ދެއްކިފައިވާކަން ޔަގީންކުރަން ހުންނަ އުސޫލުތައް ތަފާތުވާތީ، ސީދާ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރެވުނަސް އެކަން ޔަގީންކުރަން ދަތިތަކެއް ހުރުމާއި، އެކަމަށް ވަގުތުތަކެއް ހޭދަވާތީ، އެސްޓީއޯ އިން ބޭނުންކުރަނީ ބީއެމްއެލް މޮބައިލްޕޭގެ ތެރެއިން ފައިސާ ދެއްކުމުގެ އުސޫލެއްކަމަށް ވެއެވެ.

ބައެއް ފަރާތްތަކުގެ ޝަކުވާއަކަށްވި ކޭޝްކާޑުގެ މައްސަލަ ވެސް މިހާރު އެވަނީ މުޅިން ހައްލުކުރެވިފައެވެ.

އެސްޓީއޯއަކީ ފުވައްމުލައް ސިޓީގެ ގިނަ ބަޔަކު ވިޔަފާރި ކުރާ އަދި ވަކިން ޚާއްސަކޮށް ކާޑުގެ ބާވަތްތަކާއި އިމާރާތް ކުރުމަށް ބޭނުންވާ ގިނަ ސާމަނުތަކެއް ފޯރުކޮށްދޭ ފިހާރައެކެވެ. ފުވައްމުލައް ސިޓީގެ ގިނަ ބަޔަކު އެސްޓީއޯ ފުވައްމުލަކު ފިހާރައިގެ ޚިދުމަތްތައް ބަލައިގަނެއެވެ. ވަކިން ޚާއްސަކޮށް އިތުބާރާއެކު އެފިހާރައިގެ ޑެލިވަރީ ޚިދުމަތްތަކަކީ ގިނަބަޔަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ ޚިދުމަތެކެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments