A wide advertisement which will be shown on all devices. (700 x 100)

ޕީސީއާރު ޓެސްޓަކާ ނުލާ ދަތުރުކުރެވޭގޮތް ފުރަތަމަ ސިޓީއަކަށް ފުވައްމުލައް ސިޓީ

ޕިސީއާރު ޓެސްޓް ނަހަދައި ދެވެ ހަމައެކަނީ ރާއްޖޭގެ ސިޓީ- ފުވައްމުލައް ސިޓީ

ޕީސީއާރު ޓެސްޓް ނަހަދައި ދަތުރުކުރެވޭ ރާއްޖޭގެ ހަމައެކަނި ސިޓީއަކަށް ފުވައްމުލައް ސިޓީ ވެއްޖެއެވެ. މި ސެޕްޓެމްބަރު މަހު 27 ގައި ހެލްތު މިނިސންޓްރީއިން އިއުލާން ކުރި ގޮތުގައި ފުވައްމުލައް ސިޓީއިން ވަނީ ޕީސީއާރު ޓެސްޓު ނަހަދައި ދެވޭ ލިސްޓަށް އެރުމަށް ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށް ލިސްޓުން ޖާގަ ހޯދާފައެވެ. އެއާއެކު ފުވައްމުލައް ސިޓީއަށް މިހާރު ދަތުރުކުރުމަށް ޕީސީއާރު ޓެސްޓް ހަދަކަށް ނުޖެހޭނެއެވެ. އަދި ދަތުރުކޮށް ކަރަންޓީނުވާކަށް ވެސް ނުޖެހޭނެއެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ ދިރިއުޅޭ އާބާދީ ވެކްސިން ޖެހޭ އުމުރުގެ (12 އަހަރުން މަތި) %94 މީހުން ވަނީ ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައި ވެއެވެ. އަދި ރަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ %90 މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ %96 މީހުންނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސް ވެފައިވާކަމަށް ހެލްތު މިނިސްޓްރީގެ ޕޯޓަލް ގައި ވެއެވެ.

ހެލްތު މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން ފުވައްމުލައް ސިޓީގެ ދިރިއުޅޭ 12 އަހަރުން މަތީގެ އާބާދީއަކީ އާބާދީއަކީ 6744 މީހުންނާއި 65 އަހަރުން މަތީގެ 798 މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަަސއްކަތް ކުރާ 125 މީހުނާއއެކު ޖުމުލަ 7667 މީހުންނެވެ.

ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި ބާރަށް ކުރިޔަށް ގެންދި- ނަތީޖާ ފޮނި

ނަމަވެސް ފުވައްމުލައް ސިޓީގެ ކޮވިޑް ޕޯޓަލް ގައިވާ ހިސްބުތަކަށް ބަލާއިރު މިހާރުވެސް 7352 މިހަކު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ. އަދި 6538 މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ.

މިއީ ރާއްޖޭގެ ބޮޑެތި އާބާދީ ތަކުން އެންމެ ފުރަތަމަ މިޝަރުތުތައް ފުރިހަމަ ކުރި ރަށެވެ. ހެލްތު މިނިނސްޓްރީގެ ލިސްޓުން ދެން ޖާގަ ހޯދާފައިވާ އެންމެ ބޮޑުު އާބާދީއަކީ ގއ. ވިލިނގިއްޔެވެ. ނަމަވެސް 3021 މީހުން ދިރިއުޅޭ ވިލިގިލި  މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގައި އޮތުމުން އެރަށަށް ދަތުރުކުރުމަށް މިވަގުތު މިފުރުސަތެއް ނެތެވެ.

މި ފަހިކަމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ ކުރީގެ މަނޭޖަރު އަހުމަދު ސައީދު ވިދާޅުވެފައިވަނީ މިއީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އެތައް ގޮތަކުން ލިބު ބޮޑު އުފަލެއް ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ ވެކްސިން ޖެހޭ އާބާދީގެ %90 ޕަސެންޓް ވެކްސިން ޖަހާފައިވާކަމުގެ ކަށަވަރުކަން އޮތުމާއެކު ވެކްސިން ޖެހުމުން ރަށުގައި ދިއިއުޅޭ ހުރިހާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަން ވެސް އިތުރުވުމުގެ ހިންހަމަޖެހުން ލިއްބައިދޭ ކަމަށެވެ.

ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި ބާރަށް ކުރިޔަށް ގެންދި- ނަތީޖާ ފޮނި

ފުވައްމުލައް ސިޓީ މި އަމާޒަށް ވާސިލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުން ކުރި މަސައްކަތް ހަނދާނުން ފޮހެލަން ދަތި ކަމަށާއި މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރާ ދެމެދު އެ މަސައްކަތުގައި އުޅުނު ހޮސްޕިޓަލްގެ ހިތްވަރުގަދަ ޓީމުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން 3 ނަމެއް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން ވެކްސިން ޕްރޮގްރާމުގައި ފުވައްމުލައް ސިޓީގެ ފޯކަލް ޕޮއިންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ އަޙްމަދު ޝިފާޢު ޓީމް ލީޑަރެއްގެ ގޮތުގައި ކުރެއްވީ އުނދަގޫ ބުރަ މަސައްކަތާއި ރޭޑިއޯގްރާފަރ އަޙްމަދު ޒައިދު، ފޫހިކަމެއް ވަރުބަލިކަމެއް ނުދައްކަވާ ރަސްމީ މަސައްކަތް ކުރައްވަމުން ވެކްސިން ޓީމް ލީޑް ކުރެއްވުމަށް ކުރެއްވި މަސައްކަތަކީ އާދަޔާ ޚިލާފު ހިތްވަރެއް ކަމަށް އަހުމަދު ސައީދު ފާހަގަ ކުރެއްވިއެވެ. މިގެ އިތުރުން ހައުސްކީޕިންގ ސްޕަވައިޒަރ އަލީ ޙަސަން އާއި އެ ބޭފުޅުންގެ ފަހަތުގައި ތިއްބެވި އިތުރު އެތައް މުވައްޒަފުން ހަދަން ކުރެއްވިއެވެ. މީގެ އިތުރުން ވެކްސިން ޓީމުގައި މަސައްކަތް ކޮށްދިން ވޮލަންޓިއަރުން ވެސް ރަށުގެ ރައްޔިތުންނަށްޓަކައި އެކޮށްދިނީ ބުރަ މަސައްކަތެއްކަން ފާހަގަކޮށް އެމީހުންގެ އިސްވެރިއެއްގެ ހައިސިއްޔަތުން ހުރިހާ ބޭފުޅުންނާމެދު ފަޚުރުވެރިވާ ކަމަށް ހާމަކުރައްވައެވެ.
ވެކްސިން ޕްރޮގްރާމް ހިންގެވި ދުވަސްވަރު ހޮސްޕިތަލުގެ މެނެޖަރެއްގެ ހައިސިއްޔަތުން ހުންނެވެި އަހުމަދު ސައިއިދު އިތުރަށް ފާހަގަ ކުރެއްވީ ރަށުގެ މުއައްސަސާތަކުންނާއި އަދި ފަރުދީގޮތުން އެމަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކުންވެސް އަދާކޮށްދިނީ ގައުމީ ޚިދުމަތެއްގެ ގޮތުގައެވެ. އަހުމަދު ސައދު ފާހަގަ ކުރެއްވީ މިއީ ފުވައްމުލަކު ހޮސްޕިޓަލަށް އަދި ވެކްސިން ޓީމަށް ލިބުނު ބޮޑު ހިތްވަރަކާއި ކާމިޔާބީއެއް ކަމަށާއި މިމިކާމިޔާބީގައި ޝާމިލުވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދެންނެވިއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !