ޕާކިސްތާން ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވާ

ޕާކިސްތާނު ހައިކޮމިޝަނަރު ފުވައްމުލައް ސިޓީ އަށް ޒިޔާރަތް ކުރެއްވުން ސެޕްޓެެމްބަރ
Share on facebook
Share on twitter
Share on google

ޕާކިސްތާނުން ދިވެހިރާއްޖެއަށް އައްޔަން ކުރައްވާފައިވާ ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ. މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ސިޓީ ކަންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވީ މިއީ ޕާކިސިްތާނާއެކު ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ކުރުމުގެގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި ޕާކިސްތާނުގެ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ އެޑްމިރަލް އާތާ މުޚުތާރުގެ އިތުރުން ކޮންސުލާ އެޓޭޗް މިސްޓާ އަފްތާބް އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޕާކިސްތާނު ހައިކޮމިޝަނަރު ފުވައްމުލައް ސިޓީ އަށް ޒިޔާރަތް ކުރެއްވުން ސެޕްޓެމްބަރ

ދެ ދުވަހުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއެކު ރަސްމީ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އެހީތެރިވެދެވެން ހުރި ދާއިރާތައް ފާހަގަކޮށް، ފުވައްމުލައް ސިޓީ ކައުންސިލާއެކު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލަށް އެންމެ ދަތިވާ ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އަބްދުﷲ ނާސިރު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ފަތުރުވެރިކަން ތަރައްގީ ކުރުމުގައި އެހީތެރިަކން ދެވޭނެ ގޮތްތަކާއި، ސިއްޙީދާއިރާ އާއި ތައުލީމީދައިރާގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކާއި އަދި ޒުވާންނާއި ކުޅިވަރުގެ ދާއިރާއިން މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ޕާކިސްތާނު ހައިކޮމިޝަނަރު ފުވައްމުލައް ސިޓީ އަށް ޒިޔާރަތް ކުރެއްވުން ސެޕްޓެމްބަރު

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އިތުރަށް ތަރައްގީ ކުރުމުގައި އެހިތެރިވެދޭނެ ކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނުު ކަމަށް ކައުންސިލް މެމްބަރު މައުލާމާތު ދެއްވިއެވެ. މީގެ ކުރިން ވެސް ޕާކިސްތާނު ހައިކޮމިޝަނުން ފުވައްމުލައްކު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފައި ވެއެވެ.

ޕާކިސްތާނު ހައިކޮމިޝަނަރު ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަފުޅުދެއްކެވި ކަމަށް މައުލޫމާތު ލިބެއެވެ. މިރޭ ހައިކޮމިޝަނަރުގެ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު މެންދުރު ފަހުން ފުވައްމުލައް ސިޓީގެ އެކިއެކި ތަންތަން ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments