ސިތާނާ ސްޓޯރުން ފުވައްމުލައް ސިޓީ ސްކޫލްތަކަށް އެހީދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާޖިދު އެމްއޯޔޫގައި ސޮއކުރަނީ.
Share on facebook
Share on twitter
Share on google

ސިތާނާ ސްޓޯރުން ފުވައްމުލައް ސިޓީ ސްކޫލްތަކަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފުވައްމުލަކުގައި ހިންގާ ސަރުކާރު ސްކޫލްތަކާއި ސިތާނާ ސްޓޯރާއި ދެމެދު ސޮއިކުރުން ބާއްވާފައިވަނީ މިއަދު ލެޑް ޒެޕަލިން (ކުރީގެ މެންގޯ) ރެސްޓޯރަންޓްގައެވެ.

ސިތާނާ ސްޓޯރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެތަނުގެ އެއް ހިއްސާދާރުކަމަށްވާ މުހައްމަދު މާޖިދުއެވެ. އަދި ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެތަންތަނުގެ އިސްވެރިނެވެ. އެގޮތުން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެސްކޫލުގެ ޕްރިންސިޕަލް އިސްމާއީލު ސައުދުﷲ އެވެ. އަދި މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)ގެ ފަރާތުން ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު އާއި ފުވައްމުލަކު ސްކޫލް (އެފްއެސް) އިން ޕްރިންސިޕަލް މުހައްމަދު ފަޔާޒުގެ އިތުރުން ހާފިޒު އަހުމަދު ސްކޫލު (ހޭޒް) އިން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު އަހުމަދު އެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއަދު ވެވުނު އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސިތާނާ ސްޓޯރުން އެސްކޫލްތަކަށް އެހީތެރިކަން ދެމުން އަންނަ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށް ސިތާނާ ގްރޫޕްގެ އިސްފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. އެގޮތުން ސްކޫލްތަކުން ދަރިވަރުންނަށް އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީ އާއި ސްކޫލްތަކުގެ އެކި ހަރާކާތްތަކަށް ބޭނުންވާ ފެނާއި އެހެނިހެން މުދަލުގެ އިތުރުން ފައިސާގެ އެހީތެރިކަން ވެސް ހިމެނޭކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

ސިތާނާ ސްޓޯރަކީ ފުވައްމުލައް ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމުން އަންނަ އެއްފަރާތެވެ. މިހާރު ސިތާނާގްރޫޕުގެ ފިހާރަތައް ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ހުޅުވާފައި ވެއެވެ. ސިތާނާ-އަސްރަފީގެ ނަމުގައި ލިޔެކިޔުމުގެ ސާމަނުތަކަށް ޚާއްސަ ކުރެވިގެން ބުކްޝޮޕެއް ވެސް ފުވައްމުލަކުގައި އެފަރާތުން ހިންގައެވެ.

މިއަދު އެމްއޮޔުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު- ފޮޓޯއަށް

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments