ނަފުސާނީ ބަލީގެ ޚާއްސަ ވިޒިޓިން ޑޮކްޓަރަކެއްގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން

ވިޒިޓިން ޑރ. ގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން ދޭން ފަށައިފި
Share on facebook
Share on twitter
Share on google

ނަފްސާނީ ބަލީގެ ޚާއްސަ ވިޒިޓިން ޑޮކްޓަރެއްގެ ޚިދުމަތް މިއަދުން (11 އޮކްޓޯބަރު އިން) ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުން ދޭން ފަށަފިއެވެ. މިއީ އެއް ހަފުތާގެ މުއްދަތަށް ޒިޔާރަތްކުރާ ޑޮކްޓަރަކު މެދުވެރިކޮށް ދޭ ޚިދުމަތެކެވެ.

އެގޮތުން މިޚިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑޮކްޓަރ ސައްޔިދު ޝާހު އެވެ. ޑރ. ސައިޔދު ޝާހު އަށް ދައްކަންވ ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދެވުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ކައުންޓަރު ނަމްބަރު 6861611 އަށް ގުޅުއްވުމަށް ހުޅުވާލާފައި ވެއެވެ.

މީގެ ކުރިން ވެސް ނަފުސާނީ ބައްޔަށް ވިޒިޓިން ޑޮކްޓަރުންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން ދީފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރު އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ ޗަންޗަލް އާޒާދު  ދެފަހަރެއްގެ މަތިން ފުވައްމުލަކު ހޮސްޕިޓަލުަގައި ޚިދުމަތް ދެއްވާފައި ވެއެވެ.މީގެ އިތުރުން ވެސް ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަފްސާނީ ބަލީގެ ޑރ. ވިޝަވަނަތު ވެސް ފުވައްމުލަކަށް ވަޑައިގެން ބަލިމީހުން ބައްލަވާފައި ވެއެވެ.

ކޮންމެ 3 މަހަކުން 1 ފަހަރު ވިޒިޓިން ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިން ރާވާފައި ވެއެވެ. ނަމަވެސް ކޮވިދް އާއި ގުޅިގެން އެކަން ވަނީ މެދުކެނޑިފައެވެ.

މިކަލް ނޫހާއް ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ކުރިންބުނެފައިވަނީ ހޮސްޕިޓަލުން ކުރިޔަށް ގެންދާ މިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ބޭނުން ވަނީ ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ނަމަވެސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށެވެ. ނަމަވެސް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އަދި މުޅިންވެސް ޚިދުމަތް ލިބިފައި ވަނީ ހަމައެކަނި ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންގެ ކަމަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments