A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން

ފުލުހުންގެ އައު ސިޓީ ކޮމާންޑަރު މަސައްކަޓާއި ހަވާލުވެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން 2021

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރު ކަމާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް ހަވާލުވެ ވަޑައިގެންފިއެވެ.

ފުވައްމުލައް ސިޓީ ޕޮލިސް އާއި އަލަށް ޙަވާލުވެވަޑައިގެން ސިޓީ ކޮމާންޑަރު ރިޟްވާން ޝަރީފް ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އެކު އިއްޔެ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުންގެ އައު ސިޓީ ކޮމާންޑަރު މަސައްކަޓާއި ހަވާލުވެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން 2021

މީގެ ކުރިން، 2020 ވަނަ އަހަރު ފުވައްމުލައް ސިޓީ ކޮމާންޑަރަކަށް ހުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މައުރޫފު އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން ކޮމިއުނީޓީ ފުލުހުންނާއި ސަރަހައްދީ ފުލުހުން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުުން ކޮންމެ ސިޓީއެއްގައި ސިޓީ ފުލުހުން ހަރަތްތެރިވާ ގޮތަށްވަނީ ހަމަޖައްސާފައެވެ.

ފުވައްމުލައް ސިޓީގައި ވަގުންގެ އުނދަގޫ ބޮޑުވާތީ އެކަން ހައްލުކޮށް ދިނުމަށް ގިނަ ބަޔަކު ފުލުހުގެ ފަރާތުން އެދި ގޮވަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !