A wide advertisement which will be shown on all devices. (700 x 100)

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރާނެ ދަރިވަރުން ހޮވައިފި

34 ވަނަ ގައުމީ ގުރުއާން މުބާރާތަށް ފުވައްމުލައް ސިޓީއިން ހޮވުނު ބައެއް ދަރިވަރން
ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރާނެ ދަރިވަރުން ހޮވައިފިއެވެ. މިމުބާރާތުގައި ބައިވެރިކުރުމަށް 30 ދަރިވަރަކު ހޮވައި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
މި މުބާރާތަށް ދަރިވަރުން ހޮވަނީ ކޮންމެ އަތޮޅެއްގައި ވެސް އޯޑިޝަން ބާއްވައިގެން، ބަލައިގެން ކިޔެވުމަށް 20 ދަރިވަރުންނާއި ނުބަލައި ކިޔެވުމަށް 10 ދަރިވަރުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގެ އޯޑިޝަންގައި 106 ދަރަިވަރަކު ބައިވެރިވެފައި ވެއެވެ. މިއޯޑިޝަން ކުރިޔަށް ގެންގޮސްފައި ވަނީ މި އޮކްޓޯބަރު މަހުގެ 22 އަދި 23 ވަނަ ދުވަހު ކުރުނދުމާ މާލަމުގައެވެ.
މިފަހަރުގެ މުބާރާތުގައި ވެސް ބައިވެރި ކުރުމަށް ބަލައިގެން ކިޔެވުމާއި ހިތުން ކިޔުމުގެ(ނުބަލައި ކިޔުން) ބައިން ދަރިވަރުން ހޮވާފައި ވެއެވެ. އަދި މިދެބައިން ވެސް އެކި އުމުރުފުރާތަކުގެ ކުދިން މުބާރާތުގައި ވާދަކުރުމަށް ހޮވާފައި ވެއެވެ.
ބަލައިގެން ކިޔެވުމުގައި ޖުމުލަ 20 ދަރިވަރުން ބައިވެރިވުމަށް ހޮވިފައިވާއިރު ނުބަލައި ކިޔެވުމަށް ހޮވާފައިވަނީ 10 ދަރިވަރުންނެވެ.

34 ވަނަ ގައުމީ ގުރުއާން މުބާރަތުގެ އޯޑިޝަން 2021

މިއޯޑިޝަންގައި ކަންތައްތައް ދިޔަގޮތާއި މެދު ބައެއް ސްކޫލްތަކުން ހިތްހަމަނުޖެހޭކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. އެގޮތުން އޯޑިޝަންގައި ޖަޖުކަން ކުރި މީހުންނާއި ޖަޖްކަން ކުރި ގޮތާއި މެދުވެސް ހިތްހަމަ ނުޖެހުން އޮތްކަން ވަނީ އެނގިފައެވެ. ސްކޫލްތަކާއެކު އޮޑިޝަންގެ ކަންތަތައް ކުރުމަށް ސިޓީ ކައުންސިލުން އެއްބަސްވެ ޔައުމިއްޔާ ކުރެވިފައިވާ ގޮތަށް ކަންތަތައް ގެންގޮސްފައި ނުވާކަމަށް ވެއެވެ. އަދި މި އޯޑިޝަންގައި ގަވާއިދާއި އެއްގޮތަށް އެންމެ ފުރިހަމައަށް ކިޔެވި ދެ ދަރިވަރަކަށް ފުރުސަތު ނުލިބި ކަޓައިގެން ދިޔަކަމަށް ވެސް މިކަލް ނޫހާއި ވާހަކަ ދެއްކި ފަރާތަކުން ހާމަކުރިއެވެ.
މުބާރާތުގެ ކަންކަން ދިޔަގޮތާއި މެދު ހިތްހަމަނުޖެހިގެން އެކަމުގެ ޝަކުވާ ފުވައްމުލަކު ސްކޫލްން ކޮށްފައިވާ ކަމަށްވެސް ވެއެވެ.
މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލައް ސިޓީ ސްކޫލެއްގެ ޓީޗަރަކު ހާމަކުރެއްވި ގޮތުގައި ސްކޫލްތަކާއެކު ސިޓީ ކައުންސިލުން ކުރިން އެއްބަސްވެފައި ވަނީ ކޮންމެ އުމުރު ފުރައަކުން އެންމެ މަތިން މާކްސް ލިބޭ 3 ކުއްޖަކަށް ފުރުސަތު ދިނުމަށްފަހު ބާކީވާ ދެ ޖާގައަށް ހުރިހާ އޭޖް ގުރޫޕެއްގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 4 ވަނައިގެ ދެ ދަރަވަރަކު ހޮވާ ގޮތަށެވެ. ނަމަވެސް މުބާރާތަށް ކުދިން ހޮވިއިރު ބައެއް އުމުރު ފުރާތަކުން 7 ދަރިވަރުން ހޮވާފާއި ވާކަމަށެވެ. އަދި 6 އަހަރުން ދަށުން ހޮވާފައި ވަނީ އެންމެ ދަރިވަރެއް ކަމަށެވެ.
އެގޮތުން އެއް އުމުރުފުރައަކުން 7 ދަރިވަރުން އެއް ބައެއްގެ ފަރާތުން ވާދަކުރަނީ 1 ވަނަ 2 ވަނަ ނުވަތަ 3 ވަނަ އަށެވެ. އެއި އެ 3 ވަނައަށް ވާދަކުރަން މާގިން ކުރިން ކަމަށެވެ.
މި އޯޑިޝަންގައި ކަންތައްތައް ދިޔަގޮތާއި މެދު ހިތްހަމަ ނުޖެހިގެން އަލުން އޯޑިޝަން ބޭއްވުމަށް ވެސް ބައެއް ފަރާތްތަކުން އެދުނު ކަމަށް ވެއެވެ. ނަމަވެސް ސިޓީ ކައުންސިލުން މަވަނީ ނަތީޖާތައް ފައިނަލް ކުރުމަށްފަހު އާއްމުކޮށްފައެވެ.

34 ވަނަ ގައުމީ ގުރުއާން މުބާރަތުގެ އޯޑިޝަން ކުރިޔަށްދަނީ 2021

6 އަހަރުން ދަށް ބަލައިގެން ކިޔެވުން
1. އައިލީން އަޙުމަދު ސަބާޙު – އައިޑިއަލް ސްކޫލް
——
9 އަހަރުން ދަށް ބަލައިގެން ކިޔެވުން
1. އާއިޝަތު އާރާ އަޒުމީ – ޒިކުރާ ސްކޫލް
2. އާއިޝަތު ޝައިހާ ހަސަން – ފުވައްމުލަކު ސްކޫލް
3. ފާތިމަތު ހާނިން ވިސާމު – ފުވައްމުލަކު ސްކޫލް
——
9 އަހަރުން ދަށް ނުބަލައި ކިޔެވުން
1. ހޫދު ބިން ސުނާނު އަޙުމަދު – ޒިކުރާ ސްކޫލް
2. އާއިޝަތު ޒީވް އަހުމަދު – އެމްޖޭއެސް
——
12 އަހަރުން ދަށް ބަލައިގެން ކިޔެވުން
1. އާއިޝަތު ރިފްާޢާ ރާޒީ – އެމްޖޭއެސް
2. ޔޫސުފު ޝަރަފުއްދީން – އެމްޖޭއެސް
3. ޔަނާލް އަބދުﷲ މުފީދު – އެމްޖޭއެސް

34 ވަނަ ގައުމީ ގުރުއާން މުބާރާތަށް ފުވައްމުލައް ސިޓީއިން ހޮވުނު ބައެއް ދަރިވަރން

12 އަހަރުން ދަށް ނުބަލައި ކިޔެވުން
1. އާއިޝަތު އަނަމް އާޔަތުﷲ –  ހާފިޒް އަހުމަދު ސްކޫލް
2. އަހުމަދު ރާއިޢު ބަޝީރު – ހާފިޒް އަހުމަދު ސްކޫލް
3. މަރިޔަމް އަޝަްފާ ހަސަން – ހާފިޒް އަހުމަދު ސްކޫލް
——
15 އަހަރުން ދަށް ބަލައިގެން ކިޔެވުން
1. އާމިނަތު އައިނީ އަހުމަދު – ޏ.އޭއީސީ
2. އާއިޝަތު އަޒުހާ ބިްނތު އާމިރު – ޏ.އޭއީސީ
3. މަރިޔަމް ހުނާ ހަސަން – ޏ.އޭއީސީ
4. ފާތިމަތު މަލަކު މުހައްމަދު – ޏ.އޭއީސީ
5. މުހައްމަދު އައިވަން އަޙުމަދު – ފުވައްމުލަކު ސްކޫލް
6. އައިޝަތު އަރުޝީ އަބްރާހިމް – ފުވައްމުލަކު ސްކޫލް
7. އާއިޝަތު ރާޔާ ހަސަން  – ހާފިޒް އަހުމަދު ސްކޫލް
——
15 އަހަރުން ދަށް ނުބަލައި ކިޔެވުން
1. އާމިނަތު ޔޫޙާ – ޏ.އޭއީސީ
2. އާއިޝަތު ތަނާލް ރިފްއަތު – ޏ.އޭއީސީ
3. މަރިޔަމް ޔަމަހާ އަހުމަދު – ޏ.އޭއީސީ
——
18 އަހަރުން ދަށް ބަލައިގެން ކިޔެވުން
1. ފާތިމަތު އިމްތިސާލް ޝަރަފުއްދީން – ޏ.އޭއީސީ
2. އިބާ އަހުމަދު އަލީ – ޏ.އޭއީސީ
3. ޙައްވާ މަލާހާ ޖައުފަރު – ޏ.އޭއީސީ

34 ވަނަ ގައުމީ ގުރުއާން މުބާރާތަށް ފުވައްމުލައް ސިޓީއިން ހޮވުނު ބައެއް ދަރިވަރން

18 އަހަރުން ދަށް ނުބަލައި ކިޔެވުން
1. އާއިޝަތު މަންހަލް – ޏ.އޭއީސީ
2. އާއިޝަތު ލުޔޫނާ އަނީސް – ހާފިޒް އަހުމަދު ސްކޫލް
——
18 އަހަރުން މަތި ބަލައިގެން ކިޔެވުން
1. ނޫޙު އަލީ އަބްދުﷲ – ޏ.އޭއީސީ
2. ދަހާ އަހުމަދު ވަސީމު – ޏ.އޭއީސީ
3. ފައިހާ ފަޔާޒު – ޏ.އޭއީސީ
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !