A wide advertisement which will be shown on all devices. (700 x 100)

ރިޔާސީ ވައުދުގައި ހިމެނޭ ބަނދަރު މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

ފުވައްމުލަކު ބަނދަރު ސަރަހައދުގައި ހަދާ މިސްކިތުގެ ކުރެހުމެއް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

މިއަދު މާލޭގަިއ، އިސްލާމިކް މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަ މޭން ކޮންސްޓްރަޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މަސައްކަތް އަމެން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ އެވެ.

ބަނަދަރުގެ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުން 17 ނޮވެމްބަރު 2021

މިމަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 365 ދުވަސް (1 އަހަރު) ދުވަހެވެ. ވުމާއެކު މަސައްކަތް އަންނަ އަހަރު (2022) ގެ ނޮވެމްބަރު މަހު 16 ވަނަ ދުވަހަށް ނިންމަން ޖެހޭނެއެވެ. މިމަސައްކަތުގެ އަގަކީ 11.9 މިލިޔަން ރުފިޔާއެވެ.

މިއީ ފުވައްމުލަކު ދޫނޑިގަމު އަވަށުން ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެހިސާބުގައި ނަމާދު ކުރުމަށް ފަސޭހަވާގޮތަށް ކައިރި ހިސާބެއްގައި މިސްކިތެއް އެޅުމަށް ބޭނުންވެގެން ހުށަހެޅުމުން ހަމަޖެހިގެން ދިޔަ މިސްކިތެއް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ރިޔާސީ ކެމްޕޭނުގައި ފުވައްމުލައް ސިޓީއަށް ޒިޔާރާތް ކުރެއްވުމުން ރައްޔިތުންގެ ފަރާތުން އެކަމަށް ހުށަހެޅުމުން އެމިސްކިތުގެ ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވެފައިވާ މިސްކިތެކެވެ. ފުވައމްުލައް ސިޓީ ބަނަދަރު ސަރަހައްދަކީ އަބަދުވެސް ގިނަބަޔަކު އުޅޭ ސަރަހައްދެކެވެ. މިހާރު ބަނަދާރާއި ކައިރި ހިސާބެއްގައި މިސްކިތެއް ނެތުމުގެ ދަތިކަން ގިނަބޔަކު އަންނަނީ ފާޅުކުރަމުންނެވެ.

ހުވަނދަގެ އަބްދުﷲބެ އަދުނީ ބަނދަރު ސަރަހައްދުގައި މިސްކިތެއް އެޅުމަށް – އެކަން ފުރިހަމަ ވުމުގެ މަގު މިއޮތީ ސާފުވެފައި.

މިމިސްކިތް އަޅާއިދެއްވުމަށް ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހެޅުއްވީ ހުވަނދަގެ އަބްދުﷲ ދީދީ (އަބްދުﷲ) ބެއެވެ. އަބްދުﷲ ބެއަކީ އެމްޑީޕީގެ ވަރަށް އިސް ސަޕޯޓަރެކެވެ. ކެމްޕޭން ދުވަސްވަރު އަބްދުﷲ ބެ ފެންނަނީ އެމއުމުގެ އެހެން މީހުނާއި ތަފާތުކޮށް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގެ ކުރިީ ސަފުްނނެވެ. ވަރަށްގިނައިން އަބްދުﷲ ބެގެ ބޮލުގެ ތޮފިން ފެށިގެން ބޫޓާއި ހަމަޔަށްވެސް ރީނދޫކުލައިން ފެނިގެން ދާކަމީ ގިނަބަޔަކަށް އަބްދުﷲ ބެގެ ޖޯޝާއި ފޯރި ފަސޭހައިން ދެނެގަނެވޭ އެއްކަމެވެ.

ބަނަދަރުގެ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތު 17 ނޮވެމްބަރު 2021

އަ ޟޭން ކޮންސްޓްރަކްޝަން އިން މިހާރުވެސް ފުވައްމުލައް ސިޓީގެ މަސްކިދުލް ހުދާ (ކުރީގެ ލިލީ މިސްކިތް) އަލުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އާދެއެވެ.

މަސްޖިދުލް ހުދާ (ލިލީ މިސްކިތު) ގެ އައު ޑިޒައިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !