ޏ.އޭއީސީގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ހަދަނީ

ދަރިވަރުންގެ ހެލްތު ސްކްރީނިން - ޏ.އޭއީސީ 2021
Share on facebook
Share on twitter
Share on google

ޏ.އޭއީސީގެ ގްރޭޑް 7 ގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ހަދައިފިއެވެ. މިއަދު އެސްކޫލުގެ ހޯލުގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ފަންނީ މާހިރުން ވަނީ ދަރިވަރުން ބަލައި އިރުޝާދު ދީފައެވެ.

ސްކޫލު ކުދިންގެ ހެލްތު ސްކްރީނިސް އަކީ މުޖުތަމިއުގައި ހުންނަ ބަލިތަކާއި އާއްމު ދުޅަހެޔޮކަމުގެ މައުލޫމާތު ދެނެގަތުމަށް މުހިންމު ކަމަކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންވެސް ހެލްތު ސްކްރީނިން ހަދަން 2016 ވަނަ އަހަރުން ފެށިގެން ވަނީ ފަށާފައެވެ.

ދަރިވަރުންގެ ހެލްތު ސްކްރީނިން – ޏ.އޭއީސީ 2021

އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިނުގައި ވާގޮތުން ދަރިވަރުންގެ ހެލްތު ރެކޭޑުކޮށް ބަލަހައްޓަން ޖެހެއެވެ. ދަރިވަރުންނާއި އާއިލާގެ ބަލިގެ ރެކޯޑްތައް ބެލެހެއްޓުމާއި ދަރިވަރުންގެ ހެދިބޮޑުވުން ބަލައި ވަޒަން ކުރަން ޖެހެއެވެ.

އެގޮތުން ބާލާ ކަންތަތައްކުގެ ތެރޭގައި:

އަނގައިގެ ދުޅަހެޔޮކަމާއި،

ލޮލުގެ ފެނުމާއި

ކަންފަތުގެ އަޑުއިވުމާއި

ހަމައި ހަށިގަނޑުގެ ބޭރުފުށުގެ ދުޅަހެޔޮކަން ބެލުމާއި

ދަރިވަރުންގެ މައިގަނޑު ދުޅަހެޔޮކަމުގެ ޚުލާސާއެއް ލިޔަން ޖެހެއެވެ.

ދަރިވަރުންގެ ހެލްތު ސްކްރީނިން – ޏ.އޭއީސީ 2021

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments