A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރުގެ ފެބްރުއަރީ އިންޓޭކްގެ އެމްއެންޔޫ ކޯސްތަކުގެ މައުލޫމާތު ދިނުން ފުވައްމުލައް ސިޓީގައި

އެމްއެންޔޫ 2022 ފެބްރުއަރީ އިންޓޭކްގެ ކޯސްތަކުގެ މައުލޫމާތު ދެނީ

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކްގައި ފަށާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ފަހި އެމްއެންޔޫ ގެ ނަމުގައި ކުރިޔަށްގެންދާ މިހަރަކާތުގައި ކުރިޔަށް އޮތް އަހަރުފަށާ ކޯސްތަކަށް ދަރިވަރުންނަށް އެޕްލައި ކުރުމަށް ހުރި ފުރުސަތުތަކާއި އަދި މަތީ ތައުލީމުގައި ކިޔެވުމާއި ގުޅޭ ގޮތުން ދަރިވަރުން ސާފުކުރަން ބޭނުންވާ މައުލޫމާތު ތައް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ދަތުރުގައި މާދަމާ، 17 ޑިސެމްބަރުން ފެށިގެން 21 ޑިސެމްބަރާއި ހަމަޔަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓިގައި މައްުލޫމާތު ދިނުމުގެ ސެޝަންތައ ބޭއްވުމަށް ރާވާފައި ވެއެވެ.

އެމްއެންޔޫ އަކީ ރާއްޖެގައި ހުރި އެންމެ ބޮޑު ގައުމީ ޔުނިވާސިޓީއެވެ. އެމްއެންޔޫގެ ކޮލް އައުޓްރީޗް ސެންޓަރެއް ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައި ވެއެވެ. އަދި އެންމެ ކުޑައަގެއްގައި ކިޔަވައިދޭ މަތީ ތައުލީމުދޭ، އެންމެ ފެންވަރު ރަނަގަޅު ތަނަކީވެސް އެމްއެން ޔޫއެވެ.

އެމްއެންޔޫގައި ކިޔަވާ ދަރިވަރުނަށް ތަފާތު އިތުރު ހަރަކާތްތައް ވެސް ކުރިޔަށް ގެންދިއުމަށް ދަރިވަރުންގެ ޔުނިއަނެއް އުފެދިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !