މާދަމާ 11 ޖެނުއަރީ 2022 ވަ ހޯމަ، ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހޯދަޑު އަވަށުގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.
އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ ސަބް-ސްޓޭޝަން ނަމްބަރު 7 އަޕްގްރޭޑްކުރުމާއި ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ކޭބަލް (އެލް ވީ) ގުޅުމުގެ މަސައްކަތް ކުރުމަށެވެ. އެމަސައްކަތް ކުރެވެން އޮތީ ކަންރަންޓް ކަނޑާލައިގެން ކަމަށް ވާތީ މަސައްކަތް ކުރުމަށް 3 ގަޑިއިރަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ކަރަންޓް ކެނޑޭނެ ކަމުގެ ނޯޓިސް 2022
ހޯދަޑު އަވަށުން އަވަށުން އިތާ، ހުޅެހި، ވާރުތަ، ޖަޒީރާ، ފެހިއަލި، ނިޔާޒު، ހަސްތީ، އެއްމުލިމާގެ، ޔާފާ، މެރިޑާ، ދުންނިކަގެ، ޒީނަތުމަންޒިލް، ހިޔަލީގެ، ހުދުހުދާގެ، އަމާޒު، ސާދާގެ، ވައިފިލާގެ، ޖަނބުރޯލުމާގެ، މަނާގެ، ކޮވެލި، ވެލިރަންގެ، ނީލޯފަރުގެ، މައިޒާން، މެދުގެ، ދޮންދޫމިގެ، ކުއޭތު، މާބުރުގެ، މާވަށި، ގުއްލަލާގެ، ރަތްލިލީގެ، ސިވިލައިޒްގެ، ގިނަމާގެ، ކޮކާގެ، މޫސުންބަހާރުގެ، އެންގާ، ބާޒް، ފަރުމާ، ބެސްޓް، މަތެރެސްމާގެ، ގުލްހަޒާރުގެ، މިރިހި، ވަރަ، ތުނިވެލި، ބަންޑާރަވިލާ، ވީވަރު، ކާމަރަނގަމާގެ، މާރަނގަ، ބުގެ، ގޮއިބިލިމާގެ، ޒަމާނީވިލާ، ޏަމްޏަމްގެ، ވިޓްނެސް، ނޮވެލް، ވިލިވަރު، ތަހުޒީބު، ފެހިދޫލަ، ކިސްތީ، ރަބާތު، ވެސްޓް، ލާސްޓް، ލިކަ، ވިދާތަރި، ވިޝަން، ވިލެޖް، ކޯނިޝް، ސާޔާ، ހިލްޓަން، ސިލްޑަމް، ރިވާ، ސޫނާ، އާފެހި، ހެޕީ، ދަރުމަ، ޒޫމް، ރިއަލް ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.
ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާއި ކަަރންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް ފާއިތުވި އަހަރު ވަނީ ފަށާފައެވެ. އެގޮތުން އެޕްރޮޖެކްޓަށް 220 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވެފައި ވެއެވެ. އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ ފުވައްމުލަކުގައި ދޫނޑިގަމު ބަނދަރު ސަރަހައްދުގައެވެ.
ޚިޔާލުތައް