ފާއިތުވި 2021 ވަނަ އަހަރު ފުވައްމުލައް ސިޓީގެ އާބާދީ އިތުރުވި މިންވަރު އެއިގެ ކުރީ އަހަރަށް ވުރެ ދަށް

ފުވައްމުލައް ސިޓީގެ އާބާދީ 2021 ޑިސެމްބަރުގެ ނިޔަލަށް
Share on facebook
Share on twitter
Share on google

ފާއިތުވި 2021 ވަނަ އަހަރުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީ އަކީ 13371 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ފާއިތުވި 6 މަސް ތެރޭގައި އާބާދީއަށް އިތުރުވެފައި ވަނީ 81 މީހުންނެވެ. އަދި ފާއިތުވި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އާބާދީއާއި އަޅާބަލާއިރު މިއީ 165 މީހުން ގެ އިތުރު ވުމެކެވެ. ފާއިތުވި 2020 ވަނަ އހަރު ފުވައްމުލައް ސިޓީއަށް 242 މީހުން އިތުރު ވިއެއްކަމަކު ނިމުނު 2021 ވަނަ އަހަރު އިތުރުވެފައި މި ވަނީ އެއަށްވުރެ މަދުން (165) ނެވެ.

ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ ވެފައިވާ އާބާދީގައި އަންހެން ފިރިހެން ނިސްބަތް އުޅެނީ ދާދީ އެއްވަރެއްގައެވެ. އެގޮތުން ތިބީ ފިރިހެން %51 އަދި އަންހެން %49 މީހުންނެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9193 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ. އެއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ 800 އެއްހާ ބިދޭސީން ވެސް ހިމަނައިގެންނެވެ.

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީ 2021 ޑިސެމްބަރުގެ ނިޔަލަށް

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީއަށް ވެސް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން މީހުން އެންމެ ގިނަ ދޫނޑިގަމު އަވަށަށް 28+ މީހުން އިތުރުވިއިރު، ދެވަނަ މިސްކިތްމަގު އވަށާއި މާދަޑު އވަށް ވެސް 9+ އިތުރުވެފައި މީހުންނެވެ. އަދި ތިންވަނާގައިވާ ހޯދަޑު އަވަށަށް ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 7 މީހަކު އިތުރުވެފައި ވެއެވެ. އަދި އާބާދީ އެންމެ ދަށް މާލެގަމަށް 6 މީހުން އިތުރުވެފައި ވެއެވެ. ފުނާޑު އަވަށުގެ އާބާދީ އިން 5- މީހުން މަދުވެފައެވެ. ދަޑިމަގު އަވަށަށް 17 މިީހުން އިތުރު ވިއިރު މާދަޑު އަދި ދިގުވާޑު އވަށަށް 14 މީހުން އިތުރު ވެފައި ވެއެވެ.

 

ފުވައްމުލައް ސިޓީގެ އާބާދީ ޖިންސްގެ ނިސްބަތުން. 2020

ފާއިތުވި 2020 ވަނަ އަހަރުގެ އާބާދީ ކުޑަކޮށް މައްޗަށް ޖެހުނު ކަމުގައި ވިޔަސް އެއިގެ ކުރީ ދެ އަހަރު ވެސް އާބާދީ އިތުރުވާ މިންވަރު ދިޔައީ ދަށަށެވެ. 2014 ގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ 2.76 ގައެވެ. މާނައަކީ ދަރިމައިވާ އުމުރުގެ ކޮންމެ އަންހެނަކަށް ލިބޭ ކުދިންގެ އަދަދު އެވެރެޖް ހުރީ 2 އާއި 3 އާއި ދެމެދުގައި ކަމެވެ. އަދި މިއަދު ކުރިޔަށް އޮތްތަނުގައި މިއަށްވުރެން ވެސް ދަށްގެންދާނެކަމަށް ދައްކައެވެ. އާބާދީ ދަށަށް ދިއުމުގެ އެއްސަބަބަކީ ދައިރިމައިވުން މަދުވުމާއި ރަށުން ބޭރަށް ހިޖުރަކުރުން އިތުރުވުމެވެ. އެގޮތުން ބޮޑަށް ބެލެވެނީ ފުވައްމުލަކުގެ އާބާދީގެ ކުރިއާ އަޅަބަލާއިރު ނިސްބަތުން ގިނަ މީހުން އެހެން ސަރަހައްދަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އާބާދީ އިތުރުވާ ނިސްބަތް 2021

ފުވައްމުލައް ސިޓީގެ އާބާދީ 13000 އިން މައްޗަށް އެރީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ. އެއީ 13002 އެވެ. އެއިގެ ފަހުން 2019 ވަނަ އަހަރު ޖުލައިމަހު ވަނީ 54 މީހުންގެ އިތުރުވުމަކާއެކު 13056އަށް އަރާފައެވެ. އަދި 2020 ވަނ އަހަރު ޑިސެމްބަރު ނިމުނުއިރު އިތުރުވި 150 މީހުންނާއެކު މިހާރު މިވަނީ 13206 ގައެވެ. އަދި މިއހަރު، 2021 ވަނަ އަހަރު މިހާތަނަށް (ފުރަތމަ 9 މަސް ދުވަސް) އިތުރުވެފައި މިވަނީ 114 މީހުންނެވެ.

ވުމާއެކު ބެލެވެނީ ކުރިޔަށް އޮތް 3 އަހަރު، 2024 އަންނަން ވާއިރަށް ވެސް ފުވައްމުލައް ސިޓީގެ އާބާދީ 15000 އާއި ހަމަވުން ދުރުކަމަށެވެ.

2.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments