A wide advertisement which will be shown on all devices. (700 x 100)

ފާއިތުވި އަހަރު ފުވައްމުލައް ސިޓީގެ އާބާދީ ހާމަކޮށްފި

ފުވައްމުލައް ސިޓީގެ އާބާދީ 2020 ޑިސެމްބަރ އަށް

ފާއިތުވި 2020 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ އާބާދީ ފުވައްމުލައް ސިޓީ ކައުސިންލުން އިއްޔެ އާއްމުކޮށްފިއެވެ. ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުގައި އާއްމުކުރި ފުވައްމުލައް ސިޓީގެ ޖުމްލަ އާބާދީއަކީ 13،206 އެވެ. މިއާއެކު މިވަނީ ފައިތުވި 2019 ވަނަ އަހަރުގެ އާބާދީއަށްވުރެ 150 މީހުން އިތުރުވެފައެވެ.

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީ އަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން އަދިވެސް މީހުން އެންމެ ގިނައީ ދޫނޑިގަމު އަވަށް (22+) ދެން، ދެވަނަ މިސްކިތްމަގު (13+) އަދި ތިންވަނާގައިވާ ހޯދަޑު(26+) އެވެ. ޖުމްލަ އާބާދީ އެންމެ ދަށް މާލެގަން (5+) އަދި މާދަޑު (21+) މީހުން އިތުރުވެފައިވެ އެވެ. ފާއިތުވި އަހަރު އެންމެ ގިނަ މީހުން އިތުރުވެފައި ވަނީ އެންމެ އާބާދީ ބޮޑު 3 އަވަށަށެވެ.

ފުވައްމުލައް ސިޓީގެ އާބާދީ އަށް އަންނަ ބަދަލުތައް

ޖިންސްގެ ގޮތުން ބަލާއިރު އަދިވެސް ފުވައްމުލައް ސިޓީގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން 2020 ނިމުނު އިރު 242 ފިރިހެނުން އިތުރެވެ. ނަމަވެސް، ގިނަ އަވަށްތަކާކާއި ޚިލާފަށް މާލެގަމާއި ފުނާޑު އަވަށުގައި އަންހެނުންގެ އަދަދު އިތުރުރެވެ. އެގޮތުން މާލެގަމުގައި 18 އަންހެނުން ގިނައިރު ފުނާޑުގައި އިތުރީ އެންމެ 4 އަންހެނުންނެވެ.

ފުވައްމުލައް ސިޓީގެ އާބާދީ ޖިންސްގެ ނިސްބަތުން. 2020

މިއަހަރުގެ އާބާދީ ކުޑަކޮށް މައްޗަށް ޖެހުނު ކަމުގައިވިޔަސް ފާއިތުވި ދެއަހަރުވެސް ވަނީ އާބާދީ އިތރުވާ މިންވަރު ދަށަށްގޮސްފައެވެ. 2014 ގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ 2.76 ގައެވެ. މާނައަކީ ދަރިމައިވާ އުމުރުގެ ކޮންމެ އަންހެނަކަށް ލިބޭ ކުދިންގެ އަދަދު އެވެރެޖް ހުރީ 2 އާއި 3 އާއި ދެމެދުގައި ކަމެވެ. އަދި މިއަދު ކުރިޔަށް އޮތްތަނުގައި މިއަށްވުރެން ވެސް ކުޑަވާނެކަމަށް ދައްކައެވެ. ނަމަވެސް އާބާދީ ދަށަށް ދިއުމުގެ އެއްސަބަބަކީ ދައިރިމައިވުން މަދުވުމާއި ރަށުން ބޭރަށް ހިޖުރަކުރުން އިތުރުވުމެވެ. އެގޮތުން ބެލެވެނީ ފުވައްމުލަކުގެ އާބާދީގެ ކުރިއާއަޅބަލާއިރު ނިސްބަތުން ގިނަ މީހުން އެހެން ސަރަހައްދަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އާބާދީ 13000 އިން މައްޗަށް އެރީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ. އެއީ 13002 އެވެ. އެއިގެ ފަހުން 209 ވަނ އހަރު ޖުލައިމަހު ވަނީ 54 މީހުންގެ އިތުރުވުމަކާއެކު 13056އަށް އަރާފައެވެ. އަދި 2020 ވަނ އަހަރު ޑިސެމްބަރު ނިމުނުއިރު އިތުރުވި 150 މީހުންނާއެކު މިހާރު މިވަނީ 13206 ގައެވެ. ވުމާއެކު ބެލެވެނީ ކުރިޔަށް އޮތް 3 އަހަރު، 2024 އަންނަން ވާއިރަށް ވެސް ފުވައްމުލައް ސިޓީގެ އާބާދީ 15000 އާއި ހަމަވުން ދުރުކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !