A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ އާބާދީއަކީ 13320

ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ އާބާދީ 2021 ސެޕްޓެމްބަރު

މިއަހަރު 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީ އަކީ 13320 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ފާއިތުވި 3 މަހުގެ ތެރެގައި އާބާދީއަށް އިތުރުވެފައި މި ވަނީ 30 މީހުންނެވެ. އަދި ފާއިތުވި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އާބާދީއާއި އަޅާބަލާއިރު މިއީ 114 މީހުން ގެ އިތުރު ވުމެކެވެ.

ފުވައްމުލައް ސިޓީގެ ރަޖިސްޓްރީވެފައިވާ އާބާދީގައި އަންހެން ފިރިހެން ނިސްބަތް އުޅެނީ ދާދީ އެއްވަރެއްގައެވެ. އެގޮތުން ތިބީ ފިރިހެން %15 އަދި އަންހެން %49 މީހުންނެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9193 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ. އެއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ 800 އެއްހާ ބިދޭސީން ވެސް ހިމަނައިގެންނެވެ.

ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ އާބާދީ 2021 ސެޕްޓެމްބަރު

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީއަށް ވެސް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން އަދިވެސް މީހުން އެންމެ ގިނަ ދޫނޑިގަމު އަވަށަށް (12+) އިތުރުވިއިރު، ދެވަނަ މިސްކިތްމަގަށް ވެސް (9+) އިތުރުވެފައި ވެއެވެ. އަދި ތިންވަނާގައިވާ ހޯދަޑު(0) އަވަށަށް ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި އެއްވެސް މީހަކު އިތުރުވެފައެއް ނުވެއެވެ. އަދި އާބާދީ އެންމެ ދަށް މާލެގަން (0) އަށް ވެސް މީހަކު އިތުރުވެފައެއް ނުވެއެވެ. ފުނާޑު އަވަށުގެ އާބާދީއިން ވަނީ (4-)މީހުން މަދުވެފައެވެ. ދަޑިމަގު އަވަށަށް 5 މިީހުން އިތުރު ވިއިރު މާދަޑު އަދި ދިގުވާޑަށް ވެސް އިތުރު ވެފައިވަނީ 4 މީހުންނެވެ.

 

ފުވައްމުލައް ސިޓީގެ އާބާދީ ޖިންސްގެ ނިސްބަތުން. 2020

ފާއިތުވި 2020 ވަނަ އަހަރުގެ އާބާދީ ކުޑަކޮށް މައްޗަށް ޖެހުނު ކަމުގައިވިޔަސް އެއިގެ ކުރީ ދެ އަހަރު ވެސް އާބާދީ އިތުރުވާ މިންވަރު ދިޔައީ ދަށަށެވެ. 2014 ގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ 2.76 ގައެވެ. މާނައަކީ ދަރިމައިވާ އުމުރުގެ ކޮންމެ އަންހެނަކަށް ލިބޭ ކުދިންގެ އަދަދު އެވެރެޖް ހުރީ 2 އާއި 3 އާއި ދެމެދުގައި ކަމެވެ. އަދި މިއަދު ކުރިޔަށް އޮތްތަނުގައި މިއަށްވުރެން ވެސް ދަށްގެންދާނެކަމަށް ދައްކައެވެ. އާބާދީ ދަށަށް ދިއުމުގެ އެއްސަބަބަކީ ދައިރިމައިވުން މަދުވުމާއި ރަށުން ބޭރަށް ހިޖުރަކުރުން އިތުރުވުމެވެ. އެގޮތުން ބޮޑަށް ބެލެވެނީ ފުވައްމުލަކުގެ އާބާދީގެ ކުރިއާ އަޅަބަލާއިރު ނިސްބަތުން ގިނަ މީހުން އެހެން ސަރަހައްދަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ އާބާދީ އަށް އަންނަމުންދާ ބަދަލުތައް. 2021 ސެޕްޓެމްބަރު

ފުވައްމުލައް ސިޓީގެ އާބާދީ 13000 އިން މައްޗަށް އެރީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ. އެއީ 13002 އެވެ. އެއިގެ ފަހުން 2019 ވަނަ އަހަރު ޖުލައިމަހު ވަނީ 54 މީހުންގެ އިތުރުވުމަކާއެކު 13056އަށް އަރާފައެވެ. އަދި 2020 ވަނ އަހަރު ޑިސެމްބަރު ނިމުނުއިރު އިތުރުވި 150 މީހުންނާއެކު މިހާރު މިވަނީ 13206 ގައެވެ. އަދި މިއހަރު، 2021 ވަނަ އަހަރު މިހާތަނަށް (ފުރަތމަ 9 މަސް ދުވަސް) އިތުރުވެފައި މިވަނީ 114 މީހުންނެވެ.

ވުމާއެކު ބެލެވެނީ ކުރިޔަށް އޮތް 3 އަހަރު، 2024 އަންނަން ވާއިރަށް ވެސް ފުވައްމުލައް ސިޓީގެ އާބާދީ 15000 އާއި ހަމަވުން ދުރުކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !