A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ ރާއްޖޭގެ 4 ވަނަ އާބާދީއަށް ވެއްޓިއްޖެ!

ފުވައްމުލައް ސިޓީ އާބާދީ އަހުރާމު 2022- ބޯހިމެނުން

ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ ރާއްޖޭގެ ނިސްބަތުން މިވަނީ 4 ވަނަ އެންމެ ބޮޑު އާބާދީއަށް ދަށަށް ވެއްޓިފައި ކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކައިފިއެވެ. ފުވައްމުލައް ސިޓީއިން ހިއްސާ ކުރަނީ ރާއްޖޭގެ މުޅި އާބާދީގެ %2 އެވެ.

އެއްވަނަ މާލެ އަކީ ރާއްޖޭގެ %41 އާބާދީއެވެ. 2ވަނަ  ސ. ހިތަދޫ 13،745 އަދި 3 ވަނަ ހދ. ކުޅުދުއްފުށި 10،251 އެވެ. 4 ވަނަ ފުވައްމުލައް ސިޓީ 9،116 އަދި 5 ވަނަ ގދ. ތިނަދޫ 6،233 އެވެ.

2022- ބޯހިމެނުން: ރާއްޖޭގެ އާބާދީ

ފާއިތުވި 2022 ވަނަ އަހަރު ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9،116 މީހުންނެވެ. މިއީ ރަށުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން ގުނާފައިވާ އަދަދެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީ ވެފައިވާ ރަށްވެހިންގެ އާބާދީ އަކީ 13،524 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރު (2023) ކުރީ ކޮޅު ހާމަކޮށްފައި ވެއެވެ.

ތަފާސް ހިސާބާއި ބެހޭ ގައުމީ އިދާރާއި އިހައްދުވަހު އާއްމުކުރި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު ތަކުން އެނގޭ ގޮތުގައި، ފުވައްމުލައް ސިޓީގައި ދިރިއުޅެނީ 7،888 ދިވެހިންނާއި 1،278 ބޭރު މީހުންނެވެ. އެއީ:

ދިވެހި ފިރިހެނުން – 3،718، %47.1

ދިވެހި އަންހެނުން – 4،170، %52.9

މިއަދަދުތަކަށް ބަލާއިރު ފުވައްމުލައް ސިޓީގައި ފިރިހެނުންނަށް ވުރެ 452 އަންހެނުން ގިނައެވެ.

ބިދޭސީ ފިރިހެނުން – 97، – %92.4

ބިދޭސީ އަންހެނުން – 1،181 – %7.6

ފުވައްމުލައް ސިޓީގެ ބިދޭސީންނާއި ދިވެހިންގެ ނިސްބަތަށް ބަލާއިރު %81 އަކީ ދިވެހިންނެވެ. އަދި %19 ބިދޭސީންނެވެ.

ފުވައްމުލައް ސިޓީ އާބާދީ އަހުރާމު 2022- ބޯހިމެނުން

ރަށުގެ މުޅި އާބާދީ، ބޭރުމީހުން ހިމަނައިގެން ބަލާއިރު ގިނައީ ފިރިހެނުންނެވެ. އެއީ4899 އަދި އަންހެނުން 4267 އެވެ. މިއީ ޖިންސުގެ ނިސްބަތުން ބަލާއިރު އަންހެން %46.6 އާއި ފިރިހެނުން %53.4 އެވެ. އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް އުޅެނީ ކޮންމެ 100 އަންހެނަކަށް 89 ފިރިހެނުންނެވެ.

ފާއިތުވި 2022 ސެޕްޓެމްބަރުގެ ކުރިން ބޯހިމަނާފައިވާ 2014 ވަނަ އހަރުގެ ހިސާބުތަކާއި އަޅާ ކިޔާލުމުން ފުވައްމުލައް ސިޓީގައި އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކީ %0.9 އެވެ. މީގެ ތެރެއިން ވެސް ދިވެހިންގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ %0.20- ގައެވެ. އެކަމަކު ބޭރު މީހުން އިތުރުވާ ނިސްބަތް ހުރީ %11.10 ގައެވެ. މާނައަކީ ކޮންމެ 100 މީހަކަށް ބިދޭސީންގެ 11 މީހުން އިތުރުވާ ކަމެވެ.

ފުވައމްުލައް ސިޓިގެ ގެއެއްގަިއ އެވްރެޖުކޮށް ދިރިއުޅެނީ 4.6 މީިހުންނެވެ. މުޅި ރާއްޖޭގެ މި ނިސްބަތް އުޅެނީ 5.5 ގައެވެ. ނަމަވެސް އަތޮޅުތަކުގައި މި ނިސްބަތް އުޅެނީ 4.9 ގައެވެ.

މުޅި ރާއްޖެގައި މީހުން ދިރިއުޅެނީ 186 ރަށުގައެވެ. ދިވެހި ރާއްޖޭގައި އުޅެނީ ޖުމުލަ 515،122 މީހުންނެވެ. އެއި ދިވެހިންގެ 382،751 އާއި 132،371 ބިދޭސީންނެވެ. އެއީ %26 ބިދެސީންނެވެ. މާލޭގައި ދިރިއުޅެނީ %41 އެވެ. އަތޮޅުތަކުގައި ދިރިއުޅެނީ %46 އަދި ރިޒޯޓުތަކުގައި %10 މީހުން ދިރިއުޅެއެވެ. އަދި ސިނާއީ ސަރަހައްދުތަކުަގއި %3 މީހުން ދިރިއުޅެއެވެ.

މުޅި ރާއްޖޭގެ އާބާދީ އަހުރާމު 2022- ބޯހިމެނުން

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !