A wide advertisement which will be shown on all devices. (700 x 100)

ބޯހިމެނުމުގެ ތަފްސީލު މަޢުލޫމާތު ނަގަން ފަށައިފި

ބޯހިމެނުމުގެ ތަފުސީލު މައުލޫމާތު ނަގަން ފަށައިގެން ކުރިޔަށް 2022

މިހާރު މުޅި ރާއްޖޭގައި ކުރިޔައްދާ ބޯހިމެނުން ނުވަތަ ސެންސަސް ގެ މަސައްކަތް ފުވައްމުލައް ސިޓިަގއިވެސް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ. މިމަހު 17 ވަނަ ދުވަހުން ފެށިގެން އަންނަނީ ބޯހިމެނުމަށްބޭނުންވާ ތަފުސީލު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ.

ބޯހިމެނުމުގެ ތަފްސީލު މަޢުލޫމާތު ނެގުން މި ސެޕްޓެމްބަރު މަހު 22 (2022)ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ފުވައްމުލައް ސިޓީގެ އާބާދީއަށް އައިސްފައިވާ ބަދަލު 2021

ގައުމީ ތަރައްގީގެ ޕްލޭންތަކަށް ބޭނުންވާ މުހިންމު މައުލޫމާތު އެނެމް ފުޅާ ދާއިރާއެއްގައި އެއްކުރެވޭ މިމަސައްކަތުގެ ފުރަތަމަ ބައި ނުވަތަ ބޯހިމެނުމުގެ ލިސްޓިން މަސައްކަތް ފުވައްމުލައް ސިޓީގައި ފަށާފައިވަނީ މިމަހު 13 ގައެވެ.
ލިސްޓިންގެ މަސައްކަތްކުގައި ވަރަށް ގިނަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވައި ސައްހަ މައުލޫމާތު ފޯރުކޮށްދީފާއިވާކަމަށް މައުލޫމާތު ލިބެއެވެ.
ލިސްޓިންގެ މަސައްކަތްކުގައި ގޭބިސީތަކުގެ ބޯހިމެނުމުގެ ތެރެއިން އެއްކުރެވިފައިވަނީ ދިރިއުޅޭ މީހުންގެ:
– އުމުރު, ޖިންސު, ނިސްބަތްވާ ގައުމު
– ހިޖުރަކުރުމާ ބެހޭ މައުލޫމާތު
– ނުކުޅެދުންތެރިން
– ތައުލީމީ ފެންވަރު
– ގޭބިސީއާ ބެހޭ މައުލޫމާތު
– އަދާކުރާ ވަޒީފާ
– ކައިވެންޏާ ބެހޭ މައުލޫމާތު
– ދަރިމައިވުމާއި ގުޅޭ މައުލޫމާތު
ލިސްޓިންގ މަސައްކަތް 14 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.  އެއިގެ ފަހުން، މިހާރު ކުރިޔަށްދަނީ ތަފުސީލު މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.

ބޯހިމެނުމުގެ ތަފުސީލު މައުލޫމާތު ނަގަން ފަށައިގެން ކުރިޔަށް 2022

ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ ތަރައްޤީއާއި ސީދާ ގުޅުންހުރި މުހިއްމު މަސައްކަތަކަށް ވުމާއެކު ގޭބިސީތަކުން މިކަމުގައި އެންމެ ފުރިހަމަ އެއްބާރުލުން ދިނުން އެއީ މުހިންމު ކަމެކެވެ. އަދި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އެދިލައްވާފައެވެ.
ކުރީގައި ބޯހިމެނުމުގެ މަސައްކަތް ކޮންމެ 5 އަހަރަކުން އެއްފަހު ރާއްޖެގައި ކުރިކަމުގައި ވިޔަސް މިހާ އެމަސައްކަތް ކުރަނީ ކޮންމެ 10 އަހަރަކުން 1 ފަހަރުއެވެ.

ބޯހިމެނުމުގެ ތަފުސީލު މައުލޫމާތު ނަގަން ފަށައިގެން ކުރިޔަށް 2022

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !