ބޯހިމެނުމުގެ މަސައްކަތަށް ބައިވެރިން ހޯދަނީ

ބޯހިމެނުން 2022
Share on facebook
Share on twitter
Share on google

މިއަހަރު ދައުލަތުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ބައިވެރިން ހޯދަން ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއަހަރުގެ ބޯހިމެނުން ބޭއްވުމަށް ހަމަޖެހިފައިވާނީ ސެޕްޓެމްބަރު މަހުގެ 13-25 އަށް މުޅިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައެވެ. މިބޮޑު ގައުމީ މަސައްކަތުގެ ބައިވެރިންނަށް ތަމްރީނުދޭން 100 ޓްރެއިނަރުން ނެގުމަށް ހަމަޖެހިފައި ވެއެވެ. އަދި ބޯހިމެނުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ނުވަތަ މައުލޫމާތު އެއްކުރާ މިހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

ތަފާސް ހިސާބާ ބެހޭ އޮފީހުން ބޯހިމެނުމުގެ މަސައްކަތަށް ހޯދަނީ މައުލޫމާތު އެއްކުރަން ގޭގެއާއި ތަންތަނަށް ދާނެ މީހުންނާއި އެއްކުރެވޭ މައުލޫމާތު ސިސްޓަމަށް އަޅާނެ މީހުންނާއި، ޑޭޓާ އެނައިލައިޒް ކުރާ މީހުންނާއި މިކަންކަމަަށް މީހުން ތަމްރީނުކުރާނެ ޓްރެއިނަރުންވެ.

މިމަސައްކަތުގެ ތަމްރީނުގެ 5 ދުވަހު ކޮންމެ ދުވަހަކަށް ބައިވެރިއަކަށް 100 ރުފިޔާގެ އެލަވަންސެއް ދޭއިރު، ބޯހިމެނުމުގެ އަމަލީ މަސައްކަތަގައި ހަރަކާތްރިވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް 7-11 ދުވަހަށް ލިބޭނެއެވެ. އަދި މަސައްކަތުގެ ކޮންމެ ދުވަހަކު ފޯން އެލަވަންސްގެ ގޮތުގައި 10 ރުފިޔާ ދިނުމަށް ހަމަޖެފައި ވެއެވެެ. ޓްރެއިނަރުން ނަގައިދޭ ކޮންމެ ސެޝަނަކަށް 500 ރުފިޔާގެ އެލަވަންސެއް ހަމެޖެހިފައި ވެއެވެ.

މިމަސައްކަތުގައި ބައިވެރިވުމަށް އޮންލައިންކޮށް ރެޖިސްޓްރީވާ ލިންކް ތަފާސް ހިސާބާއި ބޭހޭ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވެއެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ ތަފާސް ހިސާބާިއ ބެހޭ އޮފީސް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިސް އިންނެވެ.

ބޯހިމެނުމަކީ ކޮންމެ 5 އަހަރުން އެއްފަހަރު ކުރިޔަށްގެންދެވޭ ދިވެހިރާއްޖޭގެ އެކިކަންކަމާއި، ދިރިއުޅޭ މީހުންނާއި ގުޅޭ މައުލޫމާތު އެއްކޮށް ޝާއިއުކުރުމަށް ހިންގޭ ގައުމީ މުހިންމު މަސައްކަތެކެވެ. މިމަސައްކަތން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގައުމުގެ ކަންކަންކަމުގެ ހާލަތު ދެނެގަތުމާއި އިސްކަންދޭންވީ ކަންކަން ތަރިތީބުކުރުމާއި މުހިންމު ދާއިރާތައް ފާހަގަކުރެވި ގައުމުގެ މުސްތަގުބަލް ރޭވިގެންދާންޖެހެނީ މިފަދަ މައުލޫމާތުގެ އަސާސްތަކުގެ މައްޗަށެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments