A wide advertisement which will be shown on all devices. (700 x 100)

ގައުމީ ގުރުއާން މުބާރާތުން ރަންވަނަތަކެއް ޏ.އޭއީސީ ދަރިވަރުންނަށް

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތަކެއް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދައިފިއެވެ. މިމުބާރާތުގެ އަތޮޅުތަކުގެބައިން  ބަލައިގެން ކިޔެވުމުގެ 15 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ އަދި ކައުންސިލްތަކުގެ ބައިން ބަލައިގެން ކިޔެވުމުން 2 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އައިމިނަތު އައިނީ އަހުމަދު ހޯދިއިރު، އަތޮޅުތަކުގެ ނުބަލާ ކިޔެވުމުގެ 15 އަހަރުން ދަށުގެ އުމުރު ފުރާއިން 2ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އާއިޝަތު މަންހަލް ހުސެއިން ހޯދިއެވެ. އަދި ބަލައިގެން ކިޔެވުމުގެ 18 އަހަރުން ދަށުގެ އުމުރު ފުރާއިން 1ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ދަހާ އަހުމަދު ވަސީމް ހޯދިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް (2021) ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑް ކޮށްގެންނެވެ.

ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !