A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ ޢީދު ސައި މާދަމާ ހެނދުނު، ކުޅިވަރު ހަވީރު

ޏ.އޭއީސީގެ 40 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން

ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގެ 40 ވަނަ އަހަރީ ދުވަހުގެ ހަރަކާތަކުގެ ތެރޭގައި ހިމެނޭ ޢީދު ސައި މާދަމާ (2 މެއި 2022) ވާ ހޯމަދުވަހު ހެނދުނު ބޭއްވޭނެ ކަމަށް، ޏ.އޭއީސީ އިން މައުލޫމާތު ދެއްވައެވެ. އަދި ހަވީރު ދަރިވަރުންގެ އިދު ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ވެސް ތާވަލް ކުރެވިފއި ވެއެވެ.

އެގޮތުން މާދަމާ ބޮޑު ޖަމާއާތުގައި އީދު ނަމާދުކޮށް ނިމެގެން އީދު ސައި އޮންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ކްރިކެޓް ދަނޑުގައެވެ. އަދި ސައިގެ ކަންތައްތައް ވެސް އޮންނާނީ އެތަނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އީދު ކުޅިވަރުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 އިން 5:30 އަށް ސްކޫލު ގޯތިތެރޭގައެވެ. މިހަރަކާތުގައި ބައިވެރިވުމަށް ސްކޫލުގެ އުމުރުން 10 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.  އީދު ކުރިލަރުގެ ގޮތުގައި ކުޅުމަށް ހިމަނާފައި ވަނީ ގޯލް ޝޫޓިން އާއިވޮށި ދުއްވުން، ސްޓިކް ބެލެންސިން އާއ މިނޫންވެސް ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

މިއީ އަހަރު ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރާއްވަވާފައިވާ ޏ.އޭއީސީގެ 40 ވަނަ އަހަރީ ދުވަހުގެ ހަރަކާތަކުގެ ތެރޭގައި ހިމެނޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

އެގޮތުން މިދުވަސް ފާހަގަ ކުރަން މިއަހަރު ފަށާފައިވަނީ ނިމުނު އޭޕްރީލް 20 ވަނަ ދުވަހު ހަވީރުގެ ބޭއްވި ރޯދަވީއްލުމާއި މަޣުރިބު ނަމާދު ޖަމާއަތުގައި ސްކޫލް ހޯލުގައި ކުރުމުގެ ހަރަކާތުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !