A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައިހުރި މަހާނަކީލާތަކަކަށް ގެއްލުންދީފި

ފުވައްމުލަކު ސިޓީގެ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި ބައެއް މަހާނަ ކީލާތަކަކަށް ގެއްލުންދީފިއެވެ. މިމައްސަލަ މިހާރު ތަހުގީގީ އިދާރާތަކަށްވެސް ހުށަހެޅިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި މިރަށަށް އަރުވާލެވުނު ރަސްމަތިފުށުގެ ބައެއް ބޭފުޅުން ފަސްދާނުލެވިފައިވެއެވެ. އޭގެ ތެރޭގައިމާފިލާފުސީގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވި ސާމިޔާކިލެ އާއި ޣިޔާސުއްސުއްދީނު ރަދުންގެ އިބުރާހިމް ފާމުލަދޭރިކިލެގެފާނާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ހިމެނެއެވެ. އަދި  މުހައްމަދު ޝަމްސުއްދީނު 3 ގެ ދަރިކަލުން ހަސަން ޢިއްޒައްދީނުވެސް ފަސްދާނުލެވިފައިވަނީ މިގަބުރުސްތާނުގައެވެ.
އެހެންކަމުން މިގަބުރުސްތާނަކީ ދިވެހި ތާރީޚާއި ގުޅިގައިވާ، އަންނަން އޮތްޖީލަށް ވާރުތަކުރުން މުހިންމު ތަރިކައެކެވެ.
ކާބަފައިންގެ އެތައް ސަތޭކަ އަހަރުވީ އަގުބޮޑު ތަރިކައެއް ލިބިފައިވާ މި ސިޓީ ދިރި ދެމި އޮތުމަށް މި އަގުބޮޑު ތަރިކަ ހިމާޔަތް ކުރުމަށް ހަމަ ކޮންމެ ރައްޔިތަކުމެ މަސައްކަތް ކުރުމަށް ކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !