A wide advertisement which will be shown on all devices. (700 x 100)

އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މުހިންމު ބައްދަލުވުމެއް މިރޭ

ފެނަކައިގެ ސޯލާ ހަކަތަ ޕްލޭން 2022

އިރުގެ އަލިން އުފައްދާ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ގުޅޭ މުހިންމު ބައްދަލުވުމެއް މިރޭ ޏ.އޭއީސީ މީޓިން ރޫމުގައި ބޭއްވުމަށް ރޭވިފައި ވާކަމަށް ފެނަކަ-ފުވައްމުލައް އިން ހަމަކުރެއެވެ.

މިއީ ފެނަކަ ކޯޕަރޭޝަން އާއި އެންވަޔަރޮމެންޓް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ “ހޯމް ސޯލާ” ޕްރޮޖެކްޓާއި ގުޅޭގޮތުން އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މުހިންމު މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އިރުގެ އަލިން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމަކީ އާއްމު ރައްޔިތުންނަށް ވޭސް ބޭނުންކުރެވޭ، އަދި ގޭގައި އާއި އާއްމު ވިޔަފާރި ތަކުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަކޮށްދޭ ނިޒާމެކެވެ. މިކަމާއި ގުޅޭ މައުލޫމާތު ހުރިހާ ރައްޔިތުންނަށް ވެސް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ފެނަކަ އިން ހާމަކުރެއެވެ.

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމައި ގުޅޭ މައުލޫމާތު ސެޝަން

16 ސެޕްޓެމްބަރު 2022 – ހުކުރު ދުވަހު

ރޭގަނޑު 8:30 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މީޓިމް ރޫމުގައި.

މިސެޝަނުގައި ފެނަކަ-ފުވައްމުލަކުގެ ހުރިހާ ކަސްޓަމަރުން ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލައިގެން ވަނީ ދައުވަތު ދީފައެވެ.

ބައެއް މުހިންމު މައުލޫމާތު

ގޭގައި އިރުން ކަރަންޓް އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް ފެނަކައިން ހުޅުވާލައިފި

ސޯލާ ހަކަތައިގެ ނިޒާމްއާ ގުޅޭގޮތުން ޖަމިއްޔާތަކުގެ ޚިޔާލު ހޯދަނީ

ގޭގައި ސޯލާ ކަރަންޓް އުފައްދާފައި ފެނަކައަށް ވިއްކޭނެތަ؟ – Mikal News

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !