A wide advertisement which will be shown on all devices. (700 x 100)

މުފްތީ އިސްމާޢިލް މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

މުފްތީމެންކް ފުވައްމުލައް ސިޓީ އަށް ވަޑައިގަތުން 29 އޮކްޓޯބަރު 2022
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކް މިއަދު ފުވައްމުލަށް ވަދައިގެންފިއެވެ. މުފްތީ މެންކް އަށް ފުވައްމުލަކު އެއާޕޯޓުން މަރުހަބާ ދެންނެވީ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އެވެ.
މުފްތީ މެންކް އާއި އެކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާއި އިސްލާމިކް މިނިސްޓްރީގެ އިސްބައެއް ފަރާތްކުން ފުވައްމުލަކަށް ވަޑައިގެންފައި ވެއެވެ.

މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގަތުން 2022 އޮކްޓޯބަރު 29

މުފްތީ މެންކް އާއި އިސްލާމިކް މިނިސްޓަރު އެއާޕޯޓް ޓާމިނަލުން ނުކުމެވަޑައިގެން މަރުހަބާ ދެނެނެވުމަށް އައިސްތިބި ސިޓީ ކައުންސިލް މެމްބަރުންނާއި އާއްމުންނާއި ސަލާން ކުރައްވާފައި ވެއެވެ.
މުފްތީ މެންކްގެ މިދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީއިން އިންތިޒާމުކޮށްގެން މިރޭ ފުވައްމުލަައް ސިޓީގައި ބާއްވާ ދީނީ ދަރުސުގައި ތަގުރީރުކުރެވުމަށް ވަޑައިގެންނެވި ދަތުރުފުޅެކެވެ.

މުފްތީމެންކް ފުވައްމުލައް ސިޓީ އަށް ވަޑައިގަތުމުން ސިޓިގެ ބައެއ ްއިސްފަރާތްތަކުން މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން 29 އޮކްޓޯބަރު 2022

މި ދަރުސް އޮންނާނީ ހާފިޒް އަހުމަދު ސްކޫލުގެ ހޯލުގައި މިރޭ 8؛45 ގައެވެ. ކުރިން މިދަރުސު ފުވައްމުލަކު ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި ވިޔަސް މޫސުން ރަނގަޅުނުވުމުގެ ސަބަބުން މިވަނީ ތަން ބަދަލުކުރެވިފައެވެ. މިރޭ ދަރުސްގެ މައުޒޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.
މުފްތީ މެންކްގެ ދަރުސް ދެއްވާ ހާފިޒު އަހުމަދު ސްކޫލުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި މިރޭ 7:30 އިން 10:30 އަށް ޕާކް ކުރުމާއި އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

މުފްތީ މެންކް ދަރުސް ދެއްވާ ގަޑީގައި ބަންދު ސަރަހައދު

މިއީ އޮކްޓޫބަރު 28-31 އަށް ރާއްޖެއަށް މުފްތީ މެންކު ކުރައްވާ ދަތުރު ފުޅުގައި ދެއްވާ ދެވަނަ ދަރުހެވެ. ފުރަތަމަ ދަރުސް އޮތީ ރޭ މާލޭ ކާނިވާ ސަރަހައްދުގައެވެ.
މިދަރުސު އަޑުއެހުމަށް ވީހާ ގިނަ ފަރާތްތަކުން ދިއުމަށް ވަނީ ހުޅުވާލާފައެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !