A wide advertisement which will be shown on all devices. (700 x 100)

ނަސްރުގެ ދުވަސް – 3 ނޮވެމްބަރު ފާހަގަކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

3 ނޮވެމްބަރު 1988 - ނަސްރުގެ ދުވަސް ފާހަގަކުރުން 2022

ރާއްޖޭގައި ފާހަގަ ކުރާ ނަސްރުގެ ދުވަސް – 3 ނޮވެމްބަރު ފާހަގަކުރުމުގެ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ބާއްވައިފިއެވެ.  މިސެޝަން ބާއްވާފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އެ ނާކާމިޔާބު ބަޣާވާތަށް މިހާރު 33 އަހަރު ވީއެވެ.

ނަސްރުގެ ދުވަހާއި ގުޅޭ ގޮތުން ޒުވާން ދަރިވަރުންނަށް މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މިސެޝަނުގައި އެކި އެދުވަހުގެ ތަޖުރިބާ އެކިގޮތްގޮތަުން ކުރި މީހުން ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން ފުވައްމުލަކު އޮތޮޅު އޮފީހުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ހުސޭން ޝަރީފު- ބަހާރުގެ އާއި އަތޮޅު އޮފީހުގެ ވަޒީފާ އަދާކުރެއްވި އިބްރާހިމް ރަޝީދު މެދެގެދަރު، އެދުވަހުގެ ތަޖުރިބާ ގާތުން ކުރެއްވި އާއްމު ފަރުދެއް ކަމަށްވާ އިބްރާހިމް ހަސަން -މަންޑޭލު އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ މުހައްމަދު އަލީ ހިމެނެއެވެ.

3 ނޮވެމްބަރު 1988 – ނަސްރުގެ ދުަވަސް ފާހަގަކުރުން 2022- ދަރިވަރުންނަށް މައުލޫމާތު ދިނުން

މިސެޝަން ކުރިޔަށް ގެންގޮސްފައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އެހީތެރިކަމާއި އެކު ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ންމަކުރައްވައެވެ. މިސެޝަނުގަިއ ބައިވެރިވެފައިވަނީ ޏ.އޭއީސީގެ އިސް ދަރިވަރުންނާއި، ހޭޒް އަދި އެފްއެސްގެ އިސް ދަރިވަރުންނެވެ.

1988 ނޮވެމްބަރު 3 ގެ ހަމަލާއިން ދިވެހި ވެރިަކން ސަލާމަތް ވުމުން ފުވައްމުލަކު ބޯޅަނދަނޑުން ފަށައިގެން ރަށުގެ ބޮޑެތި މަގުތަކުގައި ގިނަ އަދަދަކަށް ޏ.އޭއީސީގެ ދަރުވަރުން ނާއި ސަރުކާރުގެ މުވައްޒަފުން އަދި އާމުން ބައިވެރިވެގެން މުޒާހަރާއެއް ކުރެވުވިފައި ވެއެވެ. އަދި އެމުޒާހަރާގައި، މިހަރަކާތުގެ އެންމެ އިސް އެއް މެސްތިރި ކަމަށްވާ ލުތުފީ ރަމްޒުކޮށްދޭ ގޮތަށް ހެދުން އަޅުވައިގެން ދަނޑިއެއްގައި ޖަހާފައިވާ މީހަކު ވެސް ޏ.އޭއީސީ ދަރިވަރަކު ބޭނުންކުރިއެވެ.

ނޮވެމްބަރު 3، ނުވަތަ ނަސްރުގެ ދުވަހަކީ 1988 ވަނަ ހއަރުގެ ނޮވެމްބަރު 3 ވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރާއްޖެއަރައި ބަޑިން ހަމަލާ ދީ ރާއްޖެގެ ވެރިކަން ބަދަލުކޮށްދުމަށް ހިންގި ބަޣާވާތެކެވެ. އޭރުގެ ރާއްޖޭގެ ރައީސްކަން ދިގު މުއްދަތަކަށް ގަދަބާރުން ވެރިކަން ކުރައްވަމުން ގެންދެވި ރައީސް މައުމޫނުގެ ވެރިކަކން ބަދަލުކޮށްލުމަށް ހިންގި ނާކާމިޔާބު ހަރަކާތެކެވެ. އެ ބަޣާވާތް ހިންގީ ލަންކާގައި އޭރު ހަރަކާތްތެރިވަމުން ދިޔަ ލިބަރޭޝަން އޮފް ޓެމިލް ޓާއިގާސް އިލާމް (އެލްޓީޓީއީ)ގެ ބައެއް ވެރިންގެ އެހީތެރިކަމާއެކު، އެމީހުންގެ ސިފައިންނާއި ދިވެހިންގެ ބައެއް މީހުން އިސްވެ ތިބެގެން މާލެ އަރާ ބަޑިން ހަމަލާދީ ވެރިަކން ވައްޓާލުމަށް މަސައްކަތް ކޮށްގެންނެވެ.

މަތީގައި: 3 ނޮވެމްބަރު 1988ގެ ހާދިސާއަށްފަހު ދިވެހި އަސްކަރިއްޔާގެ މައިދޮރު ކުރިމަތިން، ތިރީގައި: 7 ފެބްރުއަރީގެ ހާދިސާއަށްފަހު ދިވެހި އަސްކަރިއްޔާގެ މައިދޮރު ކުރިމަތި. މި ދެ މަންޒަރަކީ ވެސް ނަސްރުގެ ދެމަންޒަރު ހެއްޔެވެ؟

ނަމަވެސް އެހަރަކާތުން އޭރުގެ ރައީސް މައުމޫނުގެ ވެރިކަން ދިފާއު ކުރެއްވީ އިންޑިއާސަރުކާރުގެ އެހީގައެވެ. އެދުވަހުގެ ހިންގި ބަޑިޖެހުމުގެ ހަރަކާތުގައި ރާއްޖެ އައި ތަމަޅަ ހަގުރާމަވެރިންނާއި ދިވެހި ސިފައިންގެ އިތުރުން އާއްމުންގެ ތެރެއިން ވެސް މީހުން މަރުވެގެން ދިޔައެވެ. ތަމަޅަ ހަނަގުރާމެ ވެރިން ބަލިވާން ފެށުމުން އެވަގުތު އެންމެ ފަސޭހައި އަތުޖެހެން ތިބި ދިވެހިންގެ ކަމަށްވާ، ބަނދަރުމަތީގައި ދޯނިތަކުގައި ތިބި ރާއްޖެތެރޭގެ ރަށްތަކުގެ މީހުން ހައިޖެކްކޮގެން ގެންގޮސް ސިފައިނ ގެ ކުރިމަތީ އޭރު ހުރި އިމާރާތް (މިހާރުގެ ޖުމްހޫރީ މައިދާން) ގެ ކައިރީގައި އައްޑަނައަކަށް އަތުރައިގެން ތިބެ ވެސް ސިފަިއންގެއަށް ހަމަލާ ދެމުން ގޮސްފައި ވެއެވެ. އެގޮތުން ޖުމްހޫރީ މައިދާނާށް ގެންދިޔަ މީހުންގެ ތެރޭގައި ފުވައްމުލަކު މީހުން ވެސް ހިމެނެއެވެ. އެއިގެ ފަހުން އިންޑިއާ ސިފައިން ހުޅުލޭ އެއާޕޯޓަށް ޖެއްސުމުން އެ މީހުންނަށް ކާމިޔާބު ނުލިބޭކަން ޔަގީންވެ ފިލަން ދިޔައީ އައްޑަނައެއްގެ ގޮތުގައި ދިވެހިންގެ މީހުން ހައިޖެކް ކޮށްގެން، ދިވެހި ކާގޯ އުފުލާ އާގުބޯޓެއް ކަމަށްވާ އެމްވީ ޕްރޮގްރެސް ލިލީގައެވެ.

ނަސްރުގެ ދުވަސް 2020، 3 ނޮވެމްބަރު

ނަމަވެސް ކަނޑުމަތީގައި ކުރިމަތިލުންތައް ހިންގައި، އެބޯޓު ހުއްޓުވައި އަނބުރާ ރާއްޖެ ނެގެނެސް ދިނީ އިންޑިއާ ކަނޑުގެ ސިފައިން ނެއެވެ. މިބަޣާވާތުގައި ބައިވެރިވި މީހުންނާއި މެދު ރާއްޖެގެ އޭރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ހައިކޯޓުގައި ޝަރީއަތް ކުރެވި ހުކުމް ކުރެވިފައިވެެ. އަދި އެއިގެ ގިނަ މީހުން މިހާރު ވަނީ ހުކުމް ފުރިހަމަކޮށް ސަލާމަތްވެފައެވެ. ނަމަވެސް އެ މައްސަލާގައި ހުކުމް ކުރެވުނު ބައެއް މީހުން ބުނާގޮތުން އެމީހުންނާއި މެދު ހުކުމް ކުރެވިފައި ވަނީ އިންސާފަކުން ނޫނެވެ. އަދި އެމީހުން އޭގެތެރޭގައި ޝާމިލް ވިގޮތަސްވެސް ބަލައިގެނެއް ނޫންކަމަށެވެ. އޭރުގެ ރައީސް މީހާ ބޭނުންވި ގޮތަށެވެ. އެގޮތުން އެމައްސަލާގައި ބޮދު ހުކުމެއް އައި މިހާރު މިނިވަންވެފައިވާ ސަގަރު ނާސިރު މިޑިއާއަށް އެކަމުގެ ތަފުސީލް ކިޔައިދީފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !