A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ވޯޓްލުން – މަސްރަޙު ހޫނު ގަދަވެފައި

ފުވައްުމުލަކު އުތުރު ދާއިރާގައި ބެހެއްޓި ވޯޓް ފޮށީގެ އޮފިޝަލުން ވޯޓުލުމުގެ މަސައްކަތުގައި. 2023

މިއަދު މުޅި ރާއްޖޭގައި ކުރިޔަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފެށިގެން ކުރިޔަށް އެބަދެއެވެ. ނަމަވެސް ވޯޓް ލާ ބައެއް ސަރަހައްދުގެ މަސްރަޙު ވަނީ ހޫނުވެފައެވެ.

ފުވައްމުލަކުގައި ވޯޓުލުން ކުރިޔަށްދަނީ އަމާންކަމާއެކު ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މި އިންތިޚާބުގައި ފުވައްމުލައް ސިޓީގައި ބެހެއްޓިފައި ވަނީ 3 ދާއިރާއަށް 3 ވޯޓު ފޮށްޓެވެ. އެއީ

ފުވައްމުލަކު އުތުރު ދާއިރާ – 543 – އެމްޖޭއެސް ހޯލުގައި

ފުވައްމުލަކު މެދު ދާއިރާ – 916 – ޏ.އޭއީސީ ހޯލުގައި

ފުވައްމުލަކު ދެކުނު ދާއިރާ – 615 – ފުވައްމުލަކު ސްކޫލްގައި

މީގެ އިތުރުން މާލޭގައި ދެފޮށި ބެހެއްތިފައި ވެއެވެ. އެ ދެ ފޮށިވެސް ބެހެއްޓިފައި ވަނީ މާފަންނު މަދަރުސާގައެވެ. އެ ދެ ފޮށީގެ ތެރެއިން ފުރަތަމަ ފޮށްޓަށް ވޯޓުލަނީ އުތުރު ދާއިރާ އާއި ދެކުނު ދާއިރާގެ މެމްބަރުންނެވެ. އަދި ދެވަނަ ފޮށްޓަށް ވޯޓުލަނީ މެދު ދާއިރާގެ މެމްބަރުންނެވެ.

މެމްބަރުން ވޯޓުލަނީ – އެމްޑީޕީ ރިޔާސީ ޕްރަމަރީ 2023

ވޯޓުލުން ނިންމުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00ގައެވެ.

ފުވައްމުލަކުގެ ވޯޓް ފޮށިތައް ދޮށުގައި ހަމަނުޖެހުން ނުހިނގި ނަމަވެސް މާލެއާއި ބައެއް އެހެން ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި ވޯޓް ފޮށިތައް ފަށާލާފައި ވެސް ވެއެވެ. މިހާތަނަށް ވޯޓުލުމުގައި މައްސަލަތައް ނުކުމެފައި ވަނީ ލިސްޓްގައި ނަން ނެތް މީހުން ވޯޓުލުމަށް ފުރުސަތު ދިނުމާއި، ބޮޑި ކެމެރާ ހަރުކޮސްގެން ގޮސް ވޯޓު ލުމުންނާއި، ވޯޓް ކަރުދާސް ފޮޓޯ ނެގުމުން ކަމަށް މައުލުމާތު ލިބިފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !