ފުވައްމުލައް ސިޓީގައި އާޓްސް އެންޑް ކްރާފްޓްސްގެ މަޝްރޫއެއް ރޭވުމުގެ މަސައްކަތް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
އެގޮތުން މި މަސައްކަތް ރޭވުމަށް މިންތީންގެ ނުވަތަ ޖެންޑާ ބޭސްޑް ސާވޭއެއް ކުރުމަށް ވަނީ ނިންމާފައެވެ. މި ސާވޭއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް އެންމެނަށް ވަނީ ހުޅުވާލފައެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، 11 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:30އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.
މިބައްދަލުވުމުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ކުރުދުމާ މާލަމަށް ހާޒިރުވުމުން ބައްދަލުވުމުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެއެވެ.
No Article rating
0 Reviews
5
4
3
2
1