A wide advertisement which will be shown on all devices. (700 x 100)

މާދަމާއިން ފެށިގެން ޕްލާޓިކް ކޮތަޅަށް މަދުވެގެން 2 ރުފިޔާ ނަގާނެ

މާދަމާ އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2ރުފިޔާ ނަގަން ފަށަނީ. 2023

މާދަމާ، 18 އޭޕްރީލް 2023 އިން ފެށިގެން ރާއްޖެގެ ކޮންމެ ތަނެއްގައި ވެސްވިއްކާ ނުވަތަ ހިލޭ ދޭ ކޮން ޕްލާޓިކް ކޮތަޅަކުން މަދުވެގެން 2 ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އެއާއެކު ޕްލާސްޓިކް ކޮތަޅު ވިއްކާ ނުވަތަ ހިލޭ ދޭ ކޮންމެ މީހަކު ވެސް ޕްލާސްޓިކް ކޮތަޅުގެ އަގުގެ އިތުރުން 2 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މިއީ ދިވެހި ރާއްޖޭގެ ކުންނި މެނޭޖު ކުރުމާއި ގުޅޭ ގާނޫނުގެ ދަށުން ނެގޭ ޓެކުހެކެވެ. މިގާނުން އިސްތިސްނާ ވާ މަދު ކޮތަޅުތަކެއް ވެއެވެ. އެއީ:

– ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދޭ ފަރާތަކުން ނުވަތަ ކުނިމެނޭޖުކުރުމާއި ބެހޭ އިދާރާއަކުން ކުނި އެޅުމަށް ޚާއްސަކޮށްގެން ވިއްކާ ނުވަތަ ދޫކުރާ ކޮތަޅު، – ‘ބިންލައިނާ’ ކޮތަޅު

– ބަންދު ނުކޮށްހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

– ޑިއުޓީފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ދޭ ކޮތަޅު.

މާދަމާ އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2ރުފިޔާ ނަގަން ފަށަނީ.

މިއީ ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގާނޫނީގޮތުން ކުރިޔަށް ގެންދާ ކަމެކެވެ.

މިކަމުގެ ހައްލަކީ ކަރުދާސް ކޮތަޅު ބޭނުންކުރުމާއި ‘ރިޔޫޒަބްލް’ އަލުން ބޭނުންކުރެވޭ ޒާތުގެ ކޮތަޅުތައް އާއްމު ބޭނުންތަކުަގއި ބޭނުންކުރުމެވެ. އަދި ކޮންމެހެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރަން މަޖުބޫރު ނުން ހާލަތްތަކުގައި އެބާވަތެއްގެ ކޮތަޅު ބޭނުންކުރަން އާދަ ކުރުމެވެ.

ވަކިން ޚާއްސަކޮށް ފިހާރަތަކަށް ވިޔަފާރި ކުރަން ދާއިރު، އަލުން ބޭނުންކުރެވެ ޒާތުގެ ކޮތަޅު ހިފައިގެން ދިއުމަށް އާދަ ކުރުމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !