މިދުވަސްވަރު މޫސުމަށް ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މިދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާތީ މޫސުމީ ބައެއް ދަތިތަކާއި ކުރިމަތިވުން އެކަށީގެންވާ ކަމަށް ނެޝަނަލް މީޓިއޮރޮލޮޖިކަލް އޮފީހުން ވެސް ވަނީ ހާމަކޮށްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިިލުން މިއަދު، 4 މޭއި 2023 ގައި ނެރުނު މޫސުމަށް ސަމާލުވުމުގައި ރައްކާތރެިކަމުގެ 5 އިރުޝާދެއް ދީފައި ވެއެވެ. އެއީ:
– ފެންބޮޑުވުމުގެ ނިޝާންތައް ފެންނަން ފަށައިފިނަމަ އިލެކްޓްރޯނިކް އާލާތްތަކާއި މުހިންމު ލިޔެކިޔުންތައް އުސްތަނަކަށް އަރުވައި ފެނުގެ އަސަރުން ސަލާމަތް ކުރުން.
– ގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ފަދަ އެއްޗެއް ބޭނުންކުރުމަށް ދުރާލާ ތައްޔާރުވުން
– ފެންޖެހި ހަލާކުވެދާނެ ފަދަ ތަކެތި ފެން ނުޖެހޭތަނަކަށް ބަދަލުކުރުން
– ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ބަނދެ ރައްކާތެރިވުން
– މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުން
މީގެ އިތުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ފޯނު ނަމްބަރުތަކެއް ވެސް ހިމަނާފައި ވެއެވެ.
ފުވައްމުލައް ޕޮލިސް ސްޓޭޝަން – 6865013
ފުވައްމުލައް ސިޓީ ކައުންސިލް – 7315001
ފުވައްމުލައް ފަޔާ ސްޓޭޝަން – 6869118.
ޚިޔާލުތައް