A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބު 2023: ވޯޓު ކަވަރޭޖް

ގަޑި: 8.00 ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ބެހެއްޓުނު ވޯޓު ފޮށީތަކުން މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކަށް ބަލާއިރު ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު 500 އެއްހާ ވޯޓުން ކުރީގައެވެ

ދަޑިމަގު ވޯޓު ފޮށި: އުމަރު 9، ޒަމީލް 1، ސާލިހް 199، މުއިއްޒު 425، ގާސިމް 65، ފާރިސް 2، އިލްޔާސް 40، ނާޒިމް 5

ދިގުވާނޑު ވޯޓު: އުމަރު 9، ޒަމީލް 0، ސާލިހް 214، މުއިއްޒު 240، ގާސިމް 16، ފާރިސް 2، އިލްޔާސް 59

 މިސްކިތްމަގު 1 ނަމްބަރު ވޯޓް ފޮށި: އުމަރު 6، ޒަމީލް 0، ސާލިހް 151، މުއިއްޒު 248، ގާސިލް 9، ފާރިސް 2، އިލްޔާސް 59، ނާޒިމް 10

މިސްކިތްމަގު 2 ނަމްބަރު ވޯޓު ފޮށި: އުމަރު 3، ޒަމީލް 0، ސާލިހް 91، މުއިއްޒު 244، ގާސިމް 3، ފާރިސް 2، އިލްޔާސް29، ނާޒިމް 3

މާލެގަން ވޯޓް ފޮށި: އުމަރު 9، ޒަމީލް 0، ސާލިހް 210، މުއިއްޒު 178، ގާސިމް 10، ފާރިސް 1، އިލްޔާސް 33، ނާޒިމް 1

މާލެ ފުވައްމުލަކު އުތުރު ވޯޓް ފޮށި: އުމަރު 17، ޒަމީލް 1، ސާލިހް 230، މުއިއްޒު 306، ގާސިމް 16، ފާރިސް 11، އިލްޔާސް 57، ނާޒިމް 7

މާލެ ފުވައްމުލަކު ދެކުނު ވޯޓު ފޮށި: އުމަރު 17، ޒަމީލް 0، ސާލިހް 157، މުއިއްޒު 205، ގާސިމް 9، ފާރިސް 6، އިލްޔާސް 33، ނާޒިމް 1

ގަޑި: 14:00 ދަޑިމަގު ވޯޓުފޮށްޓަށް 559 މީހަކު މިހާތަނަށް ވޯޓުލާފައިވާއިރު އެއީ ވޯޓުލުމަށް ރަޖިސްޓްރީވި މީހުންގެ 63 އިންސައްތައެވެ. އަދި ދިގުވާނޑު ވޯޓު ފޮށްޓަށް 360 މީހަކު ރަޖިސްޓްރީވެފައިވާ އިރު އެއީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އާބާދީގެ 55 އިންސައްތައެވެ.

ގަޑި: 13:00 މިތާނަށް މާލެގަން ވޯޓު ފޮށްޓަށް 311 ވޯޓްލައިފިއެވެ. އެއީ ވޯޓުލާ އާބާދީގެ 59އިންސައްތައެވެ. މިސްކިތްމަގު 1 ނަންބަރު ވޯޓު ފޮށްޓަށް 295 މީހުން މިހާތަނަށް ވޯޓުލައިފިއެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އާބާދީގެ 50 އިންސައްތައެވެ. މާދަޑު ވޯޓު ފޮށްޓަށް 261 މީހަކު ވޯޓުލާފައިވާއިރު އެއީ 51 އިންސައްތަމީހުންނެވެ.

ގަޑި: 12:00 މިތާނަށް ފުވައްމުލަކު ފުނާޑު އަވަށުގައި ބެހެއްޓުނު ވޯޓު ފޮށްޓަށް 301 މީހަކުވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ އާބާދީގެ 36 އިންސައްތައެވެ. އަދި މާލެ ގަމުގައި ބެހެއްޓުނު ވޯޓު ފޮށްޓަށް 255 މީހަކު ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީކުރެވުނު މީހުންގެ 48 އިންސައްތައެވެ. އަދި ހޯދަޑު ވޯޓު ފޮށްޓަށް 276 މީހަކު ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީ ކުރި 828 މީހުންގެ 33 އިންސައްތައެވެ

ގަޑި:11:00 މާދަޑުގައި ބެހެއްޓުނު ވޯޓު ފޮށްޓަށް މިހާތަނަށް 183 މީހަކު ވޯޓުލާފައިވެއެވެ. އެއީ އެވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ 36 އިންސައްތައެވެ. ވޯޓުލުން ނިމޭނެކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވަނީ މިއަދު ހަވީރު 4:00 އާއި ހަމައަށެވެ. އެގަޑިއަށް ކިއޫއަށް އަރާފައިވާ ފަރާތްތަކަށް ވޯޓުލެވޭނެކަމަށްވެސް އިލެކްޝަންސް ހާމަކުރެއެވެ.

މިއަހަރުގެ ރިއާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ފޯރިއާއިއެކު ކުރިއަށް އެބަދެއެެވެ. މިއަދު 7.30 ހިގި އިރު ވޯޓުލުމަށް އާންމުން ޖަމާވާން ފެށިއިރު ވޯޓުލުން ރަސްމީކޮށް ފެށިފައިވަނީ 8 ގައެވެ. ފުވައްމުލަކުގައި ބެހެއްޓުނު 10 ވޯޓުފޮށްޓަށްވެސް ވޯޓުލުމަށް 7.30 ހިގިއިރު މީހުން ޖަމާވާން ފަށާފައިވެއެވެ.  ވަރަށް އަމާންކަމާއިއެކު ވޯޓުލުން ކުރިއަށްދާ ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ

ރިއާސީ އިންތިޚާބަށް ވޯޓުލުމަށް ފުވައްމުލަކުގައި ބަހައްޓާ 10 ވޯޓު ފޮށްޓާއި މާލޭގައި ބަހައްޓާ 3 ވޯޓުފޮށްޓަށް ވޯޓުލުމަށް 8282 މީހުން ރަޖިސްޓްރީވެއްޖެއެވެ. މިފޮށިތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ދަޑިމަގު ވޯޓުފޮށްޓަށެވެ. އެފޮށްޓަށް ރަޖިސްޓްރީވެފައިވަނީ 881 މީހުންނެވެ. މި 13 ފޮށްޓަށް 8282 މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވީ ނަމަވެސް ފުވައްމުލަކުގެ ވޯޓުލެވޭ މީހުންގެ އާބާދީއަކީ 9500 ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި މައުލޫމާތުގައިވެއެވެ

+1
3
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !