A wide advertisement which will be shown on all devices. (700 x 100)

ވިޔަފާރި އުސޫލުން ޓޫރިސްޓު ހޮޓަލާއި ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއިއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

ފުވައްމުލަކު ސިޓީގައި ވިޔަފާރި އުސޫލުން ޓޫރިސްޓު ހޮޓަލާއި ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއިއެކު ފުވައްމުލަކު ސިޓީއިން ސޮއެކޮށްފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ނަލަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ތުރުކީވިލާތުގެ ކުންފުންޏެއްކަމަށްވާ ޕޮޒިޓިފް ޔަތިރްމް ޔަޒިލިމް ރެކްލަމް ތޫރިޒްމް އިންސާތިކް ވެ ދިސް ތިކަރެތް އާއި އެކު އެމްއޯޔޫއެއްގައި ސޮއެކޮށްފައިވަނީ ވިޔަފާރީ އުޞޫލުން ޓުއަރިސްޓު ހޮޓަލް އަދި ހައުސިންގ ޕްރޮޖެކްޓް އަޅައި ހިންގުމަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ތުރުކީ ވިލާތުގެ އެ ކުންފުންނީގެ މައިގަނޑު ވިޔަފާރިއަކީ އައިސީޓީ ދާއިރާކަމަށް ވިޔަސް ރިއަލް އެސްޓޭޓް ވިޔަފާރިގައި ހަރަކާތްތެރިވުންވެސް އެކުންފުނީގެ ވިޔަފާރި ހަރަކާތްތަކުގައި ހިމެނެއެވެ. ތުރުކީ ވިލާތުގެ އިސްތަންބޫލުގައި ރަޖިސްޓުރީވެފައިވާ އެ ކުންފުނި ރަޖިސްޓުރީވެ ވިޔަފާރި ފަށާފައިވަނީ 2019 ވަނަ އަހަރުގައި 50،000 ޔޫރޯގެ ރައުސުލްމާލަކާއިއެކުގައި ކަމަށް ތުރުކީވިލާތުގެ ޓެކްސް އިދާރާގެ މައުލޫމާތުތަކުން ހާމަވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !