މީޑިއާ ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އަންނަ ސަރުކާރެއްގައި 21 ކެބިނެޓް މިިނިސްޓްރީ އުފައްދާނެކަމަށް ބެލެވެއެވެ. މި 21 ވުޒާރާއަށްލާނެކަމަށް ބެލެވޭ 21 ވަޒީރުންގެ ނަންތަކަށް ބަލާއިރުވެސް ރާއްޖޭގެ 3 ވަނައަށް އެންމެ ބައިބޯ އަދި 3 ވަނަ ސިޓީ ފުވައްމުލަކު ސިޓީގެ ބޭފުޅެއް ނުހިމެނެއެވެ. ދައުރު ނޫހުން ރިޕޯޓުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަންނަ ހުކުރު ދުވަހު ހުވާކުރާ ޑރ މުހައްމަދު މުއިޒުގެ ކެބިނެޓުގައި ހިމެނެނީ؛
- ލޯކަލް ގަވަނަންސް މިނިސްޓްރީ: އެ މިނިސްޓްރީ ހަވާލުކުރަނީ ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
- ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: މިނިސްޓަރަކަށް ވުން ކައިރީ ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ސްޕޯޓްސް މިނިސްޓްރީ: އެ މިނިސްޓްރީ ހަވާލުކުރަނީ ރިހެބިލިޓޭޝަން ސްޕެޝަލިސްޓު އަބްދުﷲ ރާފިއު
- އެގްރިކަލްޗާ މިނިސްޓްރީ: ހެލްތުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ
- ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: މިނިސްޓަރަކަށް ވުން ކައިރީ ޔާމީން ސަރުކާރުގައި ވެސް އެ މަގާމު ފުރުއްވި ތޯރިގް އިބްރާހިމް
- އިންފްރަސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން: ޑރ. އަބްދުﷲ މުއްތަލިބު (އޭނާ ވަނީ ވަހީދު އާއި ޔާމީން ސަރުކާރުގެ ކުރީކޮޅު މުއިއްޒުގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި)
- ހޯމް މިނިސްޓަރު: ހެޕީ މާކެޓް ކުންފުނީގެ ސީއީއޯ، އެމްއެންޑީއެެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން
- ޑިފެންސް މިނިސްޓަރު: ޕީޕީއެމްގެ ނައިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން
- ބަންޑާރަ ނައިބު: ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް
- ފޮރިން މިނިސްޓަރު: ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
- ހެލްތު މިނިސްޓަރު: ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް
- އިސްލާމިކް މިނިސްޓަރު: ކުރިން ވެސް އެ މަގާމު ފުރުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޖެންޑާ މިނިސްޓަރު: ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ޓޫރިޒަމް މިނިސްޓަރު: ޕީޕީއެމްގެ ސެނެޓް މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް
- އިކޮނޮމިކް މިނިސްޓަރު: ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ޔާމީން ސަރުކާރުގައި ވެސް އޭނާ ހުންނެވީ އެ މަގާމުގައި)
- ފިޝަރީޒް މިނިސްޓަރު: ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ފިނޭންސް މިނިސްޓަރު: ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީީގް
- ޓްރާންސްޕޯޓް މިނިސްޓަރު: ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަމީން (ކެޕްޓަން އަމީން)
- ހައުސިން މިނިސްޓަރު: ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. އަލީ ހައިދަރު އަހުމަދު
- އެޑިއުކޭޝަން މިނިސްޓަރު: އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގައި މިހާރު މަސައްކަތް ކުރައްވާ އަދި ކުރިން އެޑިއުކޭޝަންގެ ނައިބު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އިސްމާއިލް ޝަފީއު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ (މިހާރު ދިރިއުޅުއްވަނީ ނިއު ޒީލެންޑްގައި)
އަލަށް އަންނަ ސަރުކާރުން 21 ވުޒާރާ އުފައްދާކަމަށް ބެލެވޭއިރު އެއީ މިހާތަނަށް އުފެދުނު އެންމެ ބޮޑު ވަޒީރުންގެ މަޖިލީހަށްވާނެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގެ ކެބިނެޓްގެ އަދަދުތަކަށް ބަލާއިރު އެންމެ ގިނަ ވުޒާރާ އުފައްދަވާފައިވަނީ މިނިމޭ ސަރުކާރުގައެވެ. އެއީ 19 ވުޒާރާއެކެވެ. ކުރީގެ ސަރުކާރުގެ ތަކުގެ ވުޒާރާތަކުގެ އަދަދުތަކަކީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު: 16
- ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު: 18
- ކުރީގެ ރައީސް އަބްދުﷲ ޔާމީން: 16
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: 19
+1
10
+1
ޚިޔާލުތައް
އާދަމް ޝަރީފް އިދެން ހިންނައީ ރަށި މީހަކުއާ ނުނެ، އެވަރެން ނިވޭޔެ
ފުވައްމުލަކުސިޓީ އިން ވޯޓް ލިބިފައި ނުވުމާއި ކިޔަވައިގެން ތިބި މީހުން ނެތީމަ ކަމަށްވަނީ. ބަލަން ތިބެމާ ހިނގާ.