A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ދޫކުރަނީ

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމައި، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100.00 ޑޮލަރު ކަމަށާއި ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ބިޑް ވިއްކުން އޮންނާނީ 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ން ފެށިގެން 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ.

ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކުރަން ޖެހެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !