A wide advertisement which will be shown on all devices. (700 x 100)

ޒެންގްޒޯ އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް 2025 ގައި ދިވެހިރާއްޖެ ތަމްސީލުކޮށްފި

2025 ވަނަ އަހަރު ޗައިނާގެ ޒެންގްޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމްގައި, ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޔާމީން އަޙުމަދު, ދިވެހިރާއްޖެ ތަމްސީލުކުރައްވައިފިއެވެ.

މި ފޯރަމްގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އަދި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް ބޭއްވުނީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖީތަކާއި އާ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ތަފާތު ޤައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައެވެ. ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލަކަށް ވާއިރު، މި ފޯރަމްގައި ބައިވެރިވުމަކީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއެއް ކަމަށާއި މި ފޯރަމްގެ ތެރެއިން ޗައިނާގެ ތަފާތު ސިޓީތަކުގެ މޭޔަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ދިވެހިރާއްޖޭގެ ވަފުދުން ބައްދަލުކޮށް، ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ފެނިގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !