A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވްސް ޕޮލިޓެކްނިކްގެ “އޯޕަން ޑޭ” ބޭއްވުމަށް ތައްޔާރުޖެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް “އޯޕަން ޑޭ-ސްކިލް ފެސްޓް 2025” ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގެ ދަށުން، ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ މަޢޫލޫމާތު ހޯދުމާއި، އެކި މަސައްކަތްތަކާއި ގުޅޭ ހަރަކާތްތަށް ބަލައިލުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ކޭކް ޑިޒައިނިންކުރުމާއި، ފެޝަން ޑިޒައިނިންގ ފަދަ ތަފާތު ފަންނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި އިވެންޓްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، އާކިޓެކްޗަރ، ވަޑާންކުރުން، މެކޭނިކަލް އިންޖީނިއަރިންގ،ވިޔަފާރި، ޓެކްނިލޮޖީ އަދި އެކި ފަންނީ އުފެއްދުންތެރި ދާއިރާތަކާއި ގުޅޭ ވޯކްޝޮޕްތަކާއި އެ މަސައްކަތްތައް ކުރާގޮތް އާންމުންނަށް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !