ދިވެހިންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްވަރަށް ތަރައްޤީއާއި ކުރިއެރުން ހޯދާފައިވާ ބައެއް ކަމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރު ފުރުމާއި ދިމާކޮށް ބާއްވާ، އޯޕަންޑޭ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވިދާޅުވީ އެގޮތުން އެ ހުނަރުތަކާއި އެއްވަރަށް ދިވެހިންގެ ހުނަރުތަކުގެ ފެންވަރު މަތިކޮށް އެ ފަންވަރުވެސް އަމިއްލައަށް ރަނގަޅުކުރި ބައެއް ކަމަށެވެ.މިއީ ދިވެހިންނާއި ބެހޭ ހޯދުންތަކުން ފެންނަ ހަގީގަގަތް ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހިންގެ ކުރީގެ ޖީލަކީ ހުނަރުވެރި ބައެއް ކަމަށާއި، އެކަން ދިވެހިންގެ އިހުގެ ގަލުވަޑާމާއި ޓެކްނޮލޮޖީން ވެސް ވަރަށް ބޮޑަށް އެނގޭ ކަމަށެވެ. ކުރީގެ ޖީލްތަކުގެ ދިވެހިން އެހިނދަކު އައި ބަދަލަކާއި ބައްދަލުކުރި ބައެއް ކަން ފާހަގަކުރައްވާ ވިދާޅުވީ އެ ބައްދަލާއި އެެއްވަރު ކުރިއަރާވެސް ދިޔަ ބައެއް ކަމަށެވެ. މީގެ އިތުރުން ފާހަގަ ކުރެއްވީ ޤައުމެއް އާރާސްތުވާނީ ވިސްނުންތަކާއި އުފެއްދުންތެރިކަން މަތިވެރިވެގެން ކަމަށާއި އެކަން ކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކް އެކި ދުވަސްވަރު އަދާކޮށްފައިވާ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.



ޚިޔާލުތައް