ހުޅުމާލެ ފޭޒް 2ގެ ހިޔާ ޓަވަރު 8 ގެ 14 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ. މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފުލހުން ބުނެފައިވަނީ ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިވާކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:32 ހާއިރެވެ.
ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
+1
+1



ޚިޔާލުތައް