މީރާގެ ފުވައްމުލަކު ކަލެކްޝަން ސެންޓަރު ފަޅާލައި ވައްކަން ކޮށްފި

1
Share on facebook
Share on twitter
Share on google

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފުވައްމުލައް ކަލެކްޝަން ސެންޓަރ ފަޅާލައި، ތިޖޫރީގައި ހުރި ފައިސާތަކެއް ވަގަށްނަގައިފިއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައި ވަނީ މިއަދު ހެނދުނު 7:45 ހާއިރު އެވެ. އަދި މީރާގެ ކަލެކްޝަން ސެންޓަރު ފަޅާލާފައި އެތަނަށް ވަދެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެއެވެ. ކުރީގެ ފުނާޑު ކައުންސިލް ހިންގި އިމާރާތުގައި ހިންގާ އެ އިދާރާއަށް ވަގުން ވަދެފައި ވަނީ އިމާރާތުގެ ބިއްދޮށުގައި ހުރި ކުޑަދޮރެއް ޕްލާސްޓިކް ހޮޅިއެއް ބޭނުން ކޮށްގެން ހަލާކުކޮށްލައި، އެތެރެއަށް ވަދެ ތިޖޫރީ ފަޅާލައިގެންނެވެ. މި ވައްކަމުގައި ގާތްގަނޑަކަށް 1410.15ރ (ސާދަ ސަތޭކަ ދިހަ ރުފިޔާ ފަނަރަ ލާރި) އަކާ 100ޔުއެސްޑީ (ސަތޭކަ އެމެރިކާ ޑޮލަރު) ނަގާފައި ވާކަމަށް ވެއެވެ.

މީރާ ފުވައްމުލަކު ކަލެކްޝަން ސެންޓަރުގައި 24 ގަޑި އިރު ސީސީ ޓީވީ ކެމެރާ ފުޓޭޖު ރެކޯޑު ކުރެވޭގޮތަށް ހަދާފައި ހުރެއެވެ. ނަމަވެސް އެތަނަށް ވަގު ވަދެ ކެމެރާތައް ވެސް  ވަނީ ހަލާކުކޮށްފައެވެ. ކޮންމެ ދުވަހަކު އެ ކަލެކްޝަން ސެންޓަރަށް ލިބޭ ފައިސާ ބޭންކަށް ޖަމާކުރާތީ   އެތަނުން ގެއްލިފައި ވަނީ ޕެޓީކޭޝް ގެ ގޮތުގައި ބެހެއްޓިފައި ހުރި ދައުލަތުގެ ކުޑަ ފައިސާކޮޅެކެވެ.

މީރާ ފުވައްމުލައް ކަލެކްޝަން ސެންޓަރ ފަޅާލައި ތިޖޫރީ ހަލާކުކޮށް ފައިސާތަކެއް ވަގަށް ނަގާފައިވާ ކަން ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު މައުލޫމާތު ދެއެވެ. މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ފުވައްމުލަކުގައި ވައްކަން ވަނީ ގިނަވެފައެވެ. މިދިޔަ އޮކްޓޯބަރ މަހު 1 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުވައްމުލަކުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ޝެޑް ގެ ޓިނު ކަފާލައި ވަދެ، އެތަނުގެ ތިޖޫރީ ފަޅާލައި، ސާޅީސް ހާސް ރުފިޔާ ވަގަށް ގެންގޮސްފައި ވެއެވެ. އެކަން ކުރި ބަޔަކު އަދި ހޯދިފައި ނުވާކަމަށް މައުލޫމާތު ލިބޭއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments