A wide advertisement which will be shown on all devices. (700 x 100)

އައު އެޑިއުކޭޝަން މިނިސްޓަރ ފުވައްމުލަކަށް ޒިޔާރަތް ކުރައްވައިފި

އާ އެޑިއުކޭޝަން މިނިސްޓަރަށް ޏ.އޭއީސީން ފުވައްމުލަކު ސްލްތަކުގެ އިސްވެރިން މަރުހަބާ ދަންނަވަނީ. ފޮޓޯ. ޏ.އޭއިސީ

ކޯލިޝަން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ މިއަދު ފުވައްމުލަކަށް ޒިޔާރަތް ކުރައްވައިފިއެވެ. އަލަށް މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގަތް ޑރ. އާއިޝަތު އަލީ މިއަދު ހެނދުނު ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކުގެ ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނާއި އެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ. މިބައްދަލުވުން ބާއްވާފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ނަމަވެސް، މިއީ ދިރާސީ އަހަރުގެ ކިޔެވުން ނިންމާއި ސްކޫލަތައް ބަންދުކޮށްފައި ވާ ދުވަސްވަރެވެ. ސްކޫލްތަކުގެ މުދައްރިސުންނާއި ގިނަ ބެލެނި ވެރިން ވަނީ ޗުއްޓީއަށް ފުރައިގެން ގޮސްފައެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިނިސްޓަރުގެ ބައްދަލުވުމަށް ހާޒިރުވީ ވަރަށްމަދު މީސްކޮޅެކެވެ. ގާތްގަޑަކަށް 20 ވަރަކަށް މީހުން ބައިވެރި ވި ބައްދަލުވުމުގައި ބެލެނިވެރިންނާއި މުދައްރިސުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރެވުނު މުހިންމު އެއް ސުވާލަކީ މިހާރު ފުވައްމުލަކުގެ ސްކޫލްތަކުގައި ތިބި ޕްރިންސިޕަލުން މަގާމުން ވަކި ކުރާނެ ތޯ ނުވަތަ ނޫންތޯ އެވެ؟

ފުވައްމުލަކުގައި ހިމެނޭ 4 ސްކޫލުގެ ގިނަ ޕްރިންސިޕަލުންނާއި މެދު އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ނިމުނު ސަރުކާރުގެ ސިޔާސީ ނުފޫޒުން މަގާމުތައް ދީފައިވާ ކަމަށާއި، ބައެއް ޕްރިްނސިޕަލުންގެ މަގާމުތައް ދަމަހައްޓާފައި ވަނީ ސިޔާސީ ނުފުޒުން ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަން ސޯޝަލް މީޑިއާއިން ހާމަވެއެވެ.

އެމްޑީޕީ ނުވަތަ ކޯލިޝަންގެ އެޑިއުކޭޝަން މެނިފެސްޓޯ ކުރިޔަށް ގެންދިއުމަށް މިނިސްޓަރ ޑރ. އާއިޝަތު އަލީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.

ޑރ. އާއިޝަތު އަލީ މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރީގައި ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ ސީނިއަރ ލެކްޗަރަރ އެއްގެ މަގާމުގައެވެ. އަދި އެއިގެ ކުރި އެ ޔުނިވަރސިޓީގެ ރެޖިސްޓަރގެ މަގާމުވެސް ފުރުއްވާފައި ވެއެވެ. މީގެ އިތުރުން ޑރ. އާއިޝަތު އަލީ ވަނީ ޓީޗިން ކޯސް ހެއްދެވުމަށް ފަހު އަމީނިއްޔާ ސްކޫލުގެ މުދައްރިސެއްގެ ގޮތުގައި ވެސް އުޅުއްވާފައި ވެއެވެ.

ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލުން ނިމި، ކުރިޔަށް އޮތް 2019 ވަނަ އަހަރު ގްރޭޑް 9 ގައި ކިޔަވާނެ ދަރިވަރުން ދާނެ ސްކޫލަކާއި މެދު ވަކިގޮތެއް ނިމިފައި ނުވާކަމަށް ވެއެވެ. ފުވައްމުލަކުގެ ސްކޫލްތަކަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއް ކަން ނޭގޭތީ ބެލެނިވެރިންނާއި ޓީޗަރުންގެ ކަންބޮޑުވުން ވަރަށް ބޮޑުކަމަށް މިލްނޫހަށް މައުލޫމާތު ދިން ޓީޗަރަކު ހާމަކުރިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !