އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވޯޓުލުން މާދަމާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުން 2019
Share on facebook
Share on twitter
Share on google

ފުވައްމުލަކު ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ހޮވުމަށް ބާއްވާ އިންތިޚާބު މާދަމާ ފުވައްމުލައް ސިޓީގައި އޮންނާނެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު އިންތިޚާބީ 3 ދާއިރާއިން، ކޮންމެ ދާއިރާއަކުން ވެސް އެއް މެންބަރަކެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ އަވަށެއްގައި ވެސް ވޯޓު ފޮށްޓެއް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ވޯޓު ލެވެނީ އެ އަވަށެއްގެ އުމުރުން 18 އަހަރު ފުރިފައިވާ އަންހެން ކަނބަލުންނަށް އެކަންޏެވެ.

އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް ނޯވެއެވެ.

މާދަމާގެ ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އުތުރު ދާއިރާ:

މިދާއިރާގައި ހިމެނޭ 3 އަވަށުން ވާދަކުރަނީ 2 ކެންޑިޑޭޓުންނެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 3 ވޯޓް ފޮށި

ދަޑިމަގު އަދި ދިގުވާނޑު – އެމްޖޭއެސް

ހޯދަޑު – އަބޫބަކުރު ސްކޫލް

މެދު ދާއިރާ:

މިދާއިރާގައި ހިމެނޭ 3 އަވަށުން 4 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 3 ވޯޓް ފޮށި

މާދަޑު  – ކުރުނދުމާ މާލަމުގައި

މިސްކިތްމަގު – ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި

މާލެގަން – ޒިކުރާ ކޮލެޖު މާލެގަން ކެމްޕަސް

ދެކުނު ދާއިރާ:

މިދާއިރާގައި ހިމެނޭ 2 އަވަށުން 7 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 2 ވޯޓް ފޮށި

ފުނާޑު  – ހާފިޒު އަހުމަދު ސްކޫލް

ދޫނޑިިގަން – ފުވައްމުލަކު ސްކޫލް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
އެކޯޑް
އެކޯޑް
2 years ago

ކީއްވެގެންތަ؟ އަންހެނުންވެ ތަރައްގޒީއަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމެޓީއަށް ރައިޔަތުން އިންތިޚާބު ކުރާމީހުނަށް މެސާރަ ނުދޭންވީ މިކަން ރަނގަޅުކޮށް އަންހެނުން ބާރުވެރި ކުރުވުމަށް ގޮވާލަން