ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ޓްވަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވަރަށް އަވަހަށް ފުވައްމުލަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދެކުނުގެ ދެ ސިޓީ ކަމަށްވާ އަައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ މިދަތުރު އޮންނާއީ މި ޖެނުއަރީ މަހު 10-12 އަށެވެ.
މިދަތުރު ފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އައްޑޫސިޓީި ކައުންސިލުގައި ހިމެނޭ ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އަދި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް ހިންގާ ފަރާތްތަކާއި މިނިސްޓަރު ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ޓްވަރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑު ސިޓީގައި ހުރި ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ތަންތަނަށް ޓްވަރިޒަމް މިނިސްޓަރު އާއި އެކުގައި ވަޑައިގަންނަވާ ވަފުދުން ޒިޔާރަތް ކުރައްވާނެ ކަމަށް ވެއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަށް ފަތުރުވެރިކަމުގެ އެކިއެކި ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓް ކުރުމަށް އެކަމާ ގުޅޭ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާ އެކު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަތުރުވެރިކަން އެކިއެކި ޑެސްޓިނޭޝަންސްތަކެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓް ކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.
ފުވައްމުލަކު ކުޅި ސަރަހައްދުގައި އީކޯ ޓްވަރިޒަމް ގާއިމުކުރުމުގެ ވާހަކަތަކެއް ކުރިން ދެކެވިފައިވެއެވެ. ނަމަވެސް މިހާރު ބޮޑަށް އެސަރަހައްދުތައް ފެންނަނީ ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައެވެ.
ޓްވަރިޒަމްގެ ގޮތުން ފުވައްމުލައް ބޮޑަށް މަޝްހޫރު ވެފައިވަނީ “ޓާއިގަރ ޝާކް” ޕޮއިންޓެއްގެ ގޮތުގައެވެ. ފުވައްމުލަކުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 5 ވަރަކަށް ގެންސްޓް ހައުސް ހުރެއެވެ. މި ހުރިހާތަނެއް ވެސް މި ޑިސެމްބަރު ސީޒަނުގައި ފުލްވެފައިވާ ކަމަށް ވެއެވެ.
ޚިޔާލުތައް