އަންނަ މާރޗު މަހު ސްކޫލް ކުދިންގެ މެދުގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 ގެ ބިިޑް ފުވައްމުލައް ސިޓީ ކައުންސިލުން ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކްސް މުބާރާތުގެ މި ބިޑް ފުވައްމުލައް ސިޓީ ކައުންސިލުން ކާމިޔާބު ކުރިކަން އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.
12 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާނެ ތަނެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ހަމަޖެހިފައިވާކަން އެތުލެޓިސް އެސޯސިއޭޝަނުން ވެސް ވަނީ މިއަދު އިއުލާން ކޮށްފައެވެ.
އަންނަ މާރޗު މަހު 24-28 އަށް ބޭއްވުމަށް ތާވަލް ކުރެވިފައިވާ މި މުބާރާތް ބާއްވާ ތަން ކަނޑައަޅާނީ އެކަމަށް އެކަމަށް ޝައުގުވެރިވާ އަތޮޅުތަކުން ހުށަހަޅާ ބިޑް އިވެލުއޭޓް ކޮށްގެންނެވެ.
މި މުބާރާތުގައި 3 އުމުރުފުރައެއްގައި ދެ ޖިންސުން ޓީމުތައް ވާދަކުރެއެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އުމުރުފުރާގައެވެ.
މިމުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ފާއިތުވި 2018 ވަނަ އަހަރު މާރޗު މަހުގައި ށ. މިލަންދޫގައެވެ. އެ މުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކުން ވާދަކޮށްފައެއް ނުވެއެވެ.
2017 ގައި އައްޑޫ ސިޓީގައި ބޭއްވި މުބާރާތުން ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ. އެމުބާރާތުގެ ފިރިހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދާފައި ވެއެވެ.
މިމުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ހަމަޖެހިފައި ވެއެވެ.
5
4
3
2
1
- ުފުވައްމުލައް ސިޓީ ކައުންސިލުން މާދަމާ ހެނދުނު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނީ
- ޕްރިމިއަރ ލީގު 2018/19 ޗެމްޕއިންކަން މެންޗެސްޓަރ ސިޓީއަށް
- ޕާކިސްތާން ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވާ
- ޔޫއެފާ ޗެމްޕިއަންސް ލީގު 2019/20 ކާމިޔާބުކުރީ ޖަރުމަންގެ ބެޔާން މިޔުނިކު
- ޓީޗިން ލައިސަންސް ނަގަންޖެހޭގޮތަށް ހަމަޖެހިގެން ދަނީ