ތިމާވެށި: ސަތޭކަ ދުވަސް ހަމަވަނީ. އަދިވެސް ގިރާ ސަރަހައްދުގެ ހިމާޔަތްކުރުމުގެ ހިލަމެއް ނުވޭ!

ފުވައްމުލަކު އިރު-އުތުރުން ގިރައިގެން ދާ ސަރަހައްދެއް. 2014ގައި ނެދަރލޭންޑްގެ އެހީގައި ހަމަޖެހުނު ޕްރޮޖެކްޓް އަދިވެސް ނުފެށި ލަސްވަނީ. ފޮޓޯ: ރޯޔަލް ހެސްކޮނިން ނެދަރލެންޑް
Share on facebook
Share on twitter
Share on google

ފުވައްމުލަކު އިރު-އުތުރު ފަރާތުން ރަށްގިރާތީ ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ 10 ވަރަކަށް އަހަރަށް ވުރެވެސް ގިނަދުވަސްވެފައި ވެއެވެ. ބައެއްފަހަރު މަސައްކަތް ފެށޭ-ނުފެށޭ ހެން ވެސް ޚަބަރުތަކުން ހީވެއެވެ. ނަމަވެސް އަދިވެސް ފުވައްމުލަކުގެ ރައްޔިތުންނަށް މިމަސައްކަތުގެ އަމަލީ އެއްވެސް ކަމެއް ކުރާ ކަމުގެ ހިލަމެއް ވެސް ނުވެއެވެ.

އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. ނަމަވެސް މިހާރު ސަރުކާރަށް ދެމަސް ދުވަސް ވެގެން ދާއިރު މި މަސައްކަތުގެ އެއްވެސް ހިލަމެއް ރައްޔިތުންނަށް އަދި ވެފައެއް ނުވެއެވެ. މިކަމަށް އިޝާރާތް ކޮށް ވަން-ފުވައްމުލައް އެންޖީއޯގެ ފަރާތުން އަޝްރަފު ނުއުމާނު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ އެކަމުގައި ކުޑަކުޑަ މައްސަލައެއް އުޅޭތީ ނުފެށިގެން އުޅެނީ ކަމަށެވެ.

ރަށްގިރުމުގެ މައްސަލަގައި “އެޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިފައި ހުރި. އެހެންނަމަވެސް އެކަމުގައި ކުޑަކުޑަ މައްސަލައެއް އުޅޭތީ އެކަން ނުފެށިގެން އުޅެނީ” ޑރ. އަބްދުﷲ ނަސީރު ނިމުމު ހަފުތާ ބަންދުގައި ފުވައްމުލަކަށް ކުރެއްވި ދަތުރު ފުޅުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެތެރެއިން ވިދާޅުވިއެވެ.

ފުވައްމުލަކުގެ އިރު އުތުރފަރާތުން ގިރާ ސަރހައްދުގައި ތޮށުލުމުގެ ޕްރޮޖެކްޓްގެ މައުލޫމާތު އިތުރަށް ދެއްވަމުން ވިދާޅުވީ މިކަމުގައި އުޅެނީ ޕްރޮޖެކްޓަށް ފައިސާ ދޭ ދެފަރާތުގެ ދެމެދުގައި ޖެހިގެން އުޅޭ މައްސައެއްކަމަށެވެ. އެކަންތައް ހައްލު ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަށް “ފައިސާ މިދެނީ ކުވޭތު ފަންޑުންނާއި ޔޫރަޕިއަން އޭޖެންސީ އަކުން (އޮރިއޯ އިން). ކުވޭތު ފަންޑުން ގަބޫލުނުކުރާ އެބަހުރި މައްސަލަތަކެއް. އެއީ އެމީހުން ފަންޑް ކުރާނީ އެމީހުން ބްލެކް ލިސްޓް ކުރެވިފައި ނެތް ތަނަކުން މަސައްކަތް ކުރަން ކަމަށް. އަނެއް އޭޖެންސީއިން އެކަމެއް ގަބޫލެއް ނުކުރޭ. އެއްވަރަކަށް ދެތާކުން ފަންޑު ކުރާއިރު އެ ދެބައިމީހުން އެއްގަލަކަށް އަރައިގެން ނޫނީ އަޅުގަނޑުމެންނަށް އެކަން ކުރެވެން ނެތް” ކަމަށް ވިދާޅުވިއެވެ.

އެއީ މިހާރު ހައްލުކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ޑރ. ނަސީރު މައުލޫމާތު ދެއްވިއެވެ. އެކަން ހައްލުކުރެވުމުން އެމަސައްކަތް ކުރިޔަށް ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments