A wide advertisement which will be shown on all devices. (700 x 100)

ސަފާރީތަކުން ފުވައްމުލައް ސިޓީ ބަދަރު ކުޑަ ވެއްޖެ!

ސަފާރީ ބޯޓްތަކުން ފުވައްމުލަކު ބަދަނރު ތޮއްޖައްސާލައިފި

އެއްފަހަރާ ގިނަ އަދަދެއްގެ ސަފާރީތައް ފުވައްމުކު ބަދަރަށް އިއްޔެ ވަދެއްޖެއެވެ. އިއްޔެ އެކަނި ވެސް ފުވައްމުލައް ސިޓީ ބަނދަރުގައި 7 ސަފާރީ އުޅަނދު ބަނދަރުކޮށްފައި ވެއެވެ. މިއީ އެއްފަހަރާ މިހާ ގިނަ ސަފާރީ އުޅަންދުތަކެއް ފުވައްމުލަކު ބަނދަރަށް ވަން ފުރަތަމަ ފަހަރުކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން އަހުމަދު އިބްރާހިމް ބުނެފައި ވެއެވެ. އެއާއެކު މުޅި ބަނދަރު ފުރި ފައިވާ ކަމަށް އޭނާ ބުންޏެވެ.

މިސަފާރީ ބޯޓުތަކުން 200 އަށް ވުރެ ގިނަ މީހުން ފަތުރުވެރިންނާއެކު ފުވައްމުލަކަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގައި ފަތުރުވެރިކަން ފުޅާވެގެން އަންނަނީ ޑައިވީންއަށް ޚާއްސަ ވެގެންކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ފުވައްމުލަކުގެ ފަރުގައި ޑައިވީނަށް ޚާއްސަ ޕޮއިންޓްތަކެއް ހުންނަ ކަމަށާއި އެތަންތަނުން މިޔަރުގެ ޚާއްސަ ބާވައްތައް އަބަދުވެސް ފެންނަކަމަށް ވެއެވެ. ޚާއްސަކޮށް ދުނިޔޭގައި ވެސް މަދުން ފެންނަ ޓައިގަރ ޝާކު ފުވައްމުލަކުގެ ފަރުން ފެންނަކަމަށް ޑައިވަރުން ބުނެއެވެ.

ސަފާރީ ތައްކުގެ ޑައިވީން އެއްމަންޒިލަކަށް ފުވައްމުލައް

މިއީ އިރުވައި މޫސުމަށްވެ ކަނޑުގެ އޮއިވަރު މަޑުވެ ޑައިވީނަށް ރަނގަޅު ދުވަސްތަކެއް ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފަރާތުން ބުންޏެެވެ.

ވުމާއެކު ގިނަ އަދަދެއްގެ ސަފާރީ ބޯޓުތައް ވެސް މިދުވަސްވަރު ފުވައްމުލަކަށް މިސްރާބު ޖަހަނީ ބޮޑަށް ޑައިވިން ޕޮއިންޓުތަކަށް އަމާޒުކޮށްގެން ކަމަށެވެ.

ފާއިތުވި ނޮވެމްބަރުން ފެށިގެން ފުވައްމުލަކުގެ ގެސްޓް ހައުސްތައް މުޅިންހެން ފުލްވެފައިވާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ފުވައްމުލަކުގައި ގެސްޓް ހައުސްތައް ވަރަށް ބާރު ސްޕީޑެއްގައި އިތުރު ވެގެން އެބައާދެއެވެ. މީގެ އިތުރުން ޑިއިވިން ސްކޫލަތައ ްވެސް ފުވައްމުލަކުގައި ހަރަކާތެރި ވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !