އައްޑޫގައި އަލަށް ހުޅުވާ ސައުތު ޕާމް ރިޒޯޓްގެ ވަޒީފާއަށް މީހުން ނެގުން ފުވައްމުލަކުގައި

ސައުތު ޕާމް ރިޒޯޓަށް ހުޅުވަން ވަޒިފާއަށް މީހުން ނަގަނީ
Share on facebook
Share on twitter
Share on google

އައްޑޫ ސިޓީ ހުޅުމީދޫ ކައިރީގައި ތަރައްގީކޮށް އަލަށް ހުޅުވާ ސައުތު ޕާމް ރިޒޯޓްގެ ވަޒީފާއަށް މީހުން ނެގުން ފުވައްމުލަކުގައި ބޭއްވުމަށް ރޭވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ސައުތު ޕާމް ރިޒޯޓުގެ ވަޒީފާއަށް މީހުން ނެގުމަށް ބާއްވާ ޚާއްސަ ބައްދަލުވުން ތާވަލް ކުރެވިފައި ވަނީ މާދަމާ 1 އޭޕްރީލް 2019 ހޯމަ ދުވަހު ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައިއެވެ.

ސައުތު ޕާރމް ރިޒޯޓުގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ޔޫތު ސެންޓަރުގައި މިކަމަށް ޚާއްސަ ކުރެވިފައިވާ ޑެސްކްއަށް ވަޑައިގެން އެ ރިޒޯޓްގެ އެޖޭންޓުންނާއި ބައްދަލުކޮށް ސީވީ އާއި ފަހުގެ ޕާސްޕޯރޓް ފޮޓޯއަކާއި ތައުލީމީ ސެޓްފިކެޓްތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެރިޒޯޓުގެ ވަޒީފާތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ބާއްވާ ބައްދަލުވުންތަކެއް ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ އެކިރަށްރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ރިޒޯޓްގައި އެކިފަންތީގެ ބީޗްވިލާ އާއި މޫދު ކޮޓަރި (އޯޝަން ވިލާ) އަދި އޯވަރ ވޯޓަރ ވިލާގެ 130 ކޮޓަރި ހުރެއެވެ.

ސައުތު ޕާމް ރިޒޯޓުގެ ވަޒީފާއަށް އެދޭ ފަރާތްތަކުން ސީވީ އާއި ސެޓްފިކޭޓްތައް އީމެއިލް ([email protected]) ކުރައްވައިގެން ވެސް ކުރިޔަށް ދެވިދާނެ ކަމަށް ވެއެވެ. ވަޒީފާއާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް 9901666 އަށް ގުޅުއްވުމަށް އެފަރާތުން ވަނީ ހުޅުވާލައްވާފައެވެ.

މި ވަޒީފާތަކަށް ރަނގަޅު މުސާރައާއި އިނާޔަތްތައް ލިބޭނެ ކަމަށް އެރިޒޯޓުން ހާމަކޮށްފައި ވެއެވެ.

އަލަށް ހުޅުވާ ރިޒޯޓަކަށް ވުމާއެކު ގިނަ ދާއިރާތަކަކުން ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުޅުވާލާފައިވާ ދާއިރާތަކާއި ވަޒީފާގެ ފުރުސަތުތަކަކީ:

ހިއުމަން ރިސޯސަސް ދާއިރާގެ ވަޒީފާގެ ފުރުސަތުތައް

އެޗްއާރު އެކްޒެކްޓިވް /އެޗްއާރު އޮފިސަރ

އިމާމު /ޑޮކްޓަރ

އައިޓީ ޓެކްނީޝަން / ލައިފް ގާރޑް

 

ފައިނޭންސް ދާއިރާގެ ވަޒީފގެ ފުރުސަތުތައް

އެކައުންޓް ރިސީވަބުލް / އެކައުންޓް ޕޭޔަބްލް

ހެޑް ކޭޝައަރ/ ކޭޝިއައުން

އެކައުންޓް ކްލާކުން / ނައިޓް އޯޑިިޓަރ / ސްޓޯރ އެގްޒެކްޓިވް

އެސިސްޓެންޓް ސްޓޯރ ކީޕަރ/ ސްޓޯރ އެސިސްޓެންޓް

ސޭލްސް އެންޑް މާކެޓިން ދާއިރާގެ ވަޒީފާތައް

މާކެޓިން އެގްޒެކްޓިވް

ރިޒަވޭޝަން މެނޭޖަރ / ރިޒަރވޭޝަން އޭޖެންޓް

 

ކަލިނަރީ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް

ޕޭސްޓްރީ ޝެފް /ބޭކަރީ ސީޑީޕީ /އާރޓިިސްޓް

ކޯލްޑް ކިޗަން ސީޑީޕީ / ކޯލްޑް ކިޗަން ސީޑީޕީ

އިންޑިއަން ކޫކް / ޗައިނީޒް ކޫކް

ބުޗެރީ ސީޑީޕީ / ބުޗަރ

ސްޓާފް ޝެފް / އަލާ ކާރޓޭ އައުޓްލެޓް ޝެފު

ކޮމިސް 1 / ކޮމިސް 2

ސްޓްެވާރޑިްނ ސްޕަވައިޒަރ / ސްޓެވާރޑް

ސްޓާފް ވެއިޓަރ

ފުޑްއެންޑް ބެވަރޭޖަސް ދާއިރާގެ ވަޒީފާތައް

އެފްއެންޑްބީ ސުޕަރވައިޒަރ / ހިސްޓެސް

ރެސްޓޯރެންޓް ކެޕްޓަން /ވެއިޓަރ

އައިވީޑި ވެއަިޓަރ / ހެޑް ބާމޭން /ބާރމޭން

 

ފްރޮންޓް އޮފީސް ދާއިރާގެ ވަޒީފާތައް

އެފްއޯ ސްޕަރވައިޒަރ / ޖީއާރްއޯ /ރިސެޕްޝަނިސްޓް

އެއަރޕޯރޓް ރެޕްރެޒެންޓޭޓިވް

އެންޓަރޓެއިންމެންޓް ސުޕަވައިޒަރ

އެކްސްކާރޝަން ސުޕަރވަިއޒަރ

އެކްސްކާރޝަން އޭޖެންޓް

ސީނިއަރ ބަޓްލަރ /ބަޓްލަރ

ވޯޓަރ ސްޕޯރޓސް ދާއިރާގެ ވަޒީފާތައް

މެނޭޖަރ / އިންސްޓްރަކްޓަރ / ގައިޑް

ހައުސްކީޕިން ދާއިރާގެ ވަޒީފާގެ ފުރުސަތުތައް

ހައުސްކީޕިން ސުޕަރވަިއޒަރ / ރޫމް އެޓެންޑެންޓް

ސްޓާފް ރޫމް އެޓެންޑެންޓް/ ޕަބްލިކް އޭރިއާ އެޓެންޑެންޓް

ޓެއިލަރ /ލޯންޑްރީ ސުޕައވައިޒަރ /ލޯންޑްރީ އޭޖެންޓް

 

އިންޖިނިއަރިން ދާއިރާގެ ވަޒީފާގެ ފުރުސަތުތައް

އިންޖިނިއަރިން ސުޕަރވައިޒަރ

ޕަވަރހައުސް ޓެކްނީޝަން

ޕްލަމަރ /ވޯރކްޝޮޕް ޓެކްނީޝަން

ޖެނެރަލް ޓެކްނީޝަން /އޭސީ ޓެކްނީޝަން

ޖެނެޓަރޭޓަރ އެންޑް ޕްލާންޓް އޮޕަރޭޓަރ

ޕޫލް އެޓެންޑެންޓް

ޓްރާންސްޕޯރޓް ދާއިރާގެ ވަޒީފާތައް

ކެޕްޓަން / ބަގީ ޑްރައިވަރ /ކްރޫވ (ފަޅުވެރިން)

ގާރޑެން އޭންޑް ލޭންޑް ސްކޭޕިންގ ދާއިރާގެ ވަޒީފާތައް

ގާރޑްނަރ(ބަގީޗާ ބަލހައްޓާ މިހާ)

ކޮކްނަޓް ކަލައިމްބަރ (ރުކަށްއަރާ މީހާ)

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments