A wide advertisement which will be shown on all devices. (700 x 100)

ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފި

ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވާ 13 އަހަރުން ދަށުގެ ފުޓުބާޅަ މުބާރާތް އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމުގައި ފަށައިފިއެވެ. ފުވައްމުލަކުގެ 4 ސްކޫލުން ވާދަކުރާ މިމުބާރާތް އިންތިޒާމުކުރަނީ ފުވައްމުލަކު އަތޮޅު ކައުންސިލުންނެވެ. 

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރ ސަބް-އިންސްޕެކްޓަރ މުޙައްމަދު އަބްދުއް ރަހްމާނުއެވެ.

މިމަހު 7 ން 14އަށް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވާ މިމުބާރާތުގެ ކުޅުން ހަމަޖެހިފައި ވަނީ ގްރޫޕް ގޮތަށް ކޮންމެ ޓީމެއް އަނެއް ޓީމާއި ވާދަކޮށް، ގްރޫޕުގެ 1 ވަނަ އަދި 2 ވަނަ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އެމްޖޭއެމްގެ ޓީމު މޮޅުވީ 1-0 ން ފުވައްމުލަކު ސްކޫލަުގެ މައްޗަށްކުރި ހޯދައިގެންނެވެ. މިމެޗުގެ ހަމައެކަނި ގޯލު އެމްޖޭއެމަށް ކާމިޔާބުކޮށް ދިނީ އެޓީމުގެމައުޒަމް އަބްދުﷲ ރަޝީދު (ޖ.11) އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެސް އެމްޖޭއެމް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުޙައްމަދު ޔަތޫފު ޤާސިމް (ޖ.10) އެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ޏ.އޭއީސީ ގެ ޓީމާއި ހޭޒްގެ ޓީމެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !