ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު އަހްމަދު މުޖުތަބާ އަބްދުﷲ (މުޖޭ)ގެ މާލީ ބަޔާން މީޑިއާއަށް ހާމަކޮށްފިއެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު މެދު ދާއިރާގެ އަތޮޅު ކައުންސިލަށް އިންތިހާބުވެފައިވާ އަތޮޅު ކައުންސިލްގެ މެމްބަރު އަހްމަދު މުޖުތަބާ އަބްދުﷲ (މުޖޭ) ވިދާޅުވީ މާލީ ބަޔާން ހާމަކުރުމަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް ގާނޫނުގައި ކުރަން ލާޒިމްކޮށްފައިވާ ކަމެއްކަމަށާއި އެގޮތުން މާލީ ބަޔާން އާންމުކުރާކަމަށެވެ.
މުޖޭ ވިދާޅުވީ އޭނާގެ މިލްކިއްޔާތުގައި ހުރީ ހަބް ބައިސްކަލަކާއި އެކައުންޓްގައި ހުރި 500 ރުފިޔާ އެކަނި ކަމަށެވެ. އެހެންކަމުން ކައުންސިލަށް އިންތިހާބުކޮށްދެއްވި ދާއިރާގެ ރައްޔިތުންނަށް އެކަން އަންގާކަމަށެވެ.
ފުވައްމުލަކުގައި 30 ކައުންސިލަރުން ތިއްބެވިއިރު މިހާތަނަށް މާލީ ބަޔާން ހާމަކޮށްފައިވަނީ ހަމައެކަނި މުޖޭއެވެ. މުޖޭވަނީ މިދިޔަ ދައުރުގައި މާދަޑު ކައުންސިލްގެ ރައީސްގެ މަގާމާއި އޭގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ފުވައްމުލަކަށް އައްޔަންކުރި 8 ކައުންސިލަރުންގެ ތެރޭގައިވެސް ހިމެނެއެވެ.



ޚިޔާލުތައް