A wide advertisement which will be shown on all devices. (700 x 100)

ހުވަނި ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަން ފަށައިފި

ހުވަންނަށް ސިޓީ ކައުންސިލުން ބޭސް ޖަހަން ފަށައިފި

ފުވައްމުލައް ސިޓީގައި ހުވަނި ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަން ފަށައިފިއެވެ. ފުވައްމުލައ މިދުވަސްވަރު ރަށުގައި ހުވަނި ގިނަވެގެން ރައްޔިތުންނަސް އުނދަގޫވާތީ، އެކަމުގެ ޝަކުވާ އެކައުންސިލަށް ލިބޭއެވެ. އެކަމައި ގުޅިގެން ސިޓީ ކައުންސިލުގެ ފަރާތުން ހުވަނަޏަށް ބޭސް ޖުމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހާމަކުރައްވާ ފައި ވެއެވެ.

އެ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުން މިމަހުގެ 22 ވަނަ ދުވަހާއި ހަމަޔަށް ފުވައްމުލަކުގެ 26 ގެއެއްގެ ގޯތިތެރޭގައިވާ ގަސްތަކާއި އާއްމު ތަންތަނުގައިވާ ގަސްތަކަށް 25000 ލީޓަރުގެ ބޭސް ސްޕްރޭ ކޮށްފައި ވެއެވެ. މޫސުމް ތަންދޭނަމަ އިތުރު ގޭގޭތަކަށާއި އާއްމު ތަންތަނަށް ބޭސް ސްޕްރޭ ކުރުން ކުރިޔަށް ގެންދެވޭނެ ކަމަށް ހާމަ ކުރައްވާފައި ވެއެވެ.

ފުވައްމުލައް ސިޓީ އަކީ ގިނަ އަދަދަކަށް ގަސްގަހާ ގެހި އެކުލެވިގެންވާ ރަށަކަށް ވާހިނދު  ރަށުގެ އާއްމު ތަންތަނުގައި އާއި ގޭގޭގެ ގޯތިތެރޭގައި ހުންނަ ގަސް ތަކުގައި ހުވަނި އަޅާއި ގިނަވެ އެއެިގެ ނަރުގައި މަގުތަކަށް އެލިގެން ތިބުމުން ގިން ބަޔަކަށް ދަތުރުފަތުރު ކޮށް އުޅުމުގައި އުނދަގޫވެއެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި ގިނަ އަދަދަކަށް ހިމެނޭ އަނބުގަސްތަކުގައި ހުވަަނި އެޅުމުން އެއިން ސަލާމަތް ވުމަކީ ވަރަށް އުނގަދުކަމަކަށް އޮންނަނި ވެފައެވެ. އަނބުގަހުގެ އިތުރުން ފޭރުގަހާއި ޖަނބުރޯލު ގަސްތަކަކީ ވެސް ގޯތިތެރޭގައި އުވަނީގެ ޝިކާރައަށް ވާ ގަސްތަކެވެ. ގިނަފަހަރަށް ހުވަނީން ސަލާމަތްވަނީ ގަސް ކޮށަލައިގެންނެވެ.

ވަލުތެރޭގައި ހުންނަ ގަސްތަކުގެ ތެރެއިން ފުނަގަސްތަކަކީ ވެސް ހުވަނި ގިނައިން ފެންނަ ގަސްތަކެކެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !