A wide advertisement which will be shown on all devices. (700 x 100)

އެވިޑް ކޮލެޖުއިން މޭ އަދި ޖޫންމަހު ފެށޭ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެވިޑް ކޮލެޖުއިން މޭ އަދި ޖޫންމަހު ފެށޭ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެވިޑް ކޮލެޖުއިން ވިދާޅުވީ މޭ އަދި ޖޫނމަހު ފެށޭ ކޯސްތަކުގެ ތެރެއިން އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ސޮފްޓްވެއަރ އިންޖިނިއަރިންގ ކޯސް ތައާރަފް ކުރުން ކަމަށެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި މިކޯހަކީ ރާއްޖޭގައި މިވަގުތު ވަރަށް ބޮޑަށް ބޭނުންތެރި އަދިމުހިއްމު ދާއިރާއެއް ކަމަށްވާތީ، އެވިޑް ކޮލެޖުން އަބަދުވެސް ބަލަމުން މިއަންނަނީ ރާއްޖެ އަށް އެވަގުތަކު އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަން ދީގެން ކޯސްތައް ފަރުމާ ކުރަމުންދާ ކަމަށެވެ.

“އައިޓީ ދާއިރާ އަކީ މިވަގުތު ރާއްޖެއަށް މުހިންމު ދާއިރާ އަކަށް ވަނީ ވެފައި، އެހެންކަމުން އެވިޑް ކޮލެޖުން މިތަޢާރަފް ކުރި ކޯހަކީ ރާއްޖޭގައި މިދާއިރާގައި ކިޔަވަން ބޭނުންވެފައިވާ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް އަދި އެވިޑް ކޮލެޖް ގެ ކޯސްތަކަކީ ދަރިވަރުންނަށް އެކަށީގެންވާ އަގުތަކެއްގައި ކިޔަވާދޭ ކޯސްތަކެއްކަން ފާހަގަ ކޮށްލަން” މުޝަތާގު ވިދާޅުވިއެވެ.

މި އިންޓޭކްގައި ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ސޮފްޓްވެއަރ އިންޖިނިއަރިންގ ގެ އިތުރުން މާސްޓަރސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، ބެޗްލަރސް ޑިގްރީ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ސެޓްފިކެޓް، ފައުންޑޭސަން، އަދި ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމް ތައްވެސް ހިމެނޭކަމަށް އެވިޑް ކޮލެޖް އިން ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގައި ހިންގޭ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ކޯސްތަކެކެވެ. ހަމައެހެންމެ އެވިޑް ކޮލެޖުން ދަސްވެނިވާ ކޮންމެ ދަރިވަރަކަށް އެވިޑް ކޮލެޖުން ދެވޭ ސަނަދަކީ ރާއްޖެއިން ބޭރުގެ ކޮންމެ ކޮލެޖު، ޔުނިވާސިޓީތަކަކުންވެސް ބަލައިގަންނަ ސަނަދެއްކަންވެސް އެވިޑް ކޮލެޖް އިން ފާހަނގަކުރިއެވެ.

އެވިޑް ކޮލެޖު އިން އިތުރަށް ވިދާޅުވީ އެކޮލެޖްއިން ހިންގޭ ކޮންމެ ކޯހަކީވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާޙައުލަށް ފެތޭގޮތަށް ދަރިވަރުންނަށް ފަސޭހައިން ކިޔެވޭނެހެން ރޭވިގެންކުރިޔަށް ގެންދާ ކޯސްތަކެއްކަމަށާއި އަދި ދަރިވަރުންނަށް ކިޔެވުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިން ލައިބްރަރީގެ ޚިދުމަތް އެވިޑް ކޮލެޖުގައި ޤާއިމްކޮށްފައިވާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !