ހާފިޒު އަހުމަދު ސްކޫލުގެ ޕީޓީއޭ (ޕޭރެންޓް ޓީޗަރ އެސޯސިއެޝަން) އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޑްފެއަރ މާދަމާ އެސްކޫލުގައި ބޭއްވުމަށް ތައްޔާރު ވަމުން އެބަދެއެވެ. އެސްކޫލުން އާއްމުކޮށްފައި ވާ ލިޔުމެއްގައި ވާ ގޮތުން މާދަމާ، ހޮނިހިރު ދުވަހު ހެނދުނު 10 ން ފެށިގެން ހަވީރު 4 ށް އެސްކޫލުގެ ހޯލުގައި މިހަރަކާތް ކުރިޔަށް ގެންދެވޭނެއެވެ.
ހޭޒްގެ ފުޑް ފެއަރއަކީ އެސްކޫލުން ހިންގާ ދަރިވަރުންގެ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ އެއްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ، ޚާއްސަކޮށް އެސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ.
މިފުޑް ފެއަރ އިން މިފަހަރު ލިބެން ހުންނާނެ ތަކެތި ތެރޭގައި މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާނާގެ އެކިބާވަތްތައް ހިމެނެއެވެ. އެގޮތުން ބިރިޔާނި، ފަރާޓާ، ކުކުޅު، މޮންގޯލިއަން ރައީސް، ޗިލީ ޗިކަން ފަދަ ބާވަތްތައް ހިމެނެއެވެ.
އެސުކޫލުގެ މިހަރަކާތް ވަނީ އާއްމުންނަށް ވެސް ހުޅުވާލެވިފައެވެ.



ޚިޔާލުތައް