މިއަހަރުގެ އާރތު ޑޭ ފާހަނގަ ކުރުމަށް އަންނަ ހުކުރު ދުވަހު ފުވައްމުލަކުގައި ބައިސްކަލް ބުރެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. އާރތު ޑޭ ބައިސިކަލްު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:45 ން ރަސްގެފަންނު އަތިރިއިންނެވެ.
އަތޮޅު ކައުންސިލްގެ މެމްބަރ އަހްމަދު މުޖުތަބާ އަބްދުﷲ ވިދާޅުވީ ބައިސްކަލް ބުރުގައި ބައިކް މޯލްޑިވްސް އާއި އީޕީއޭ (އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ)ން ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މިހަރަކާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މިކަމަށް ޚާއްސަ ކުރެވިފައިވާ ޓީޝާޓެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުވައްމުލަކު ރަސްގެފަންނަކީ ރަށްގިރުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދެވެ.
+1
+1



ޚިޔާލުތައް