ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަގްބޫލް ނޫސް “ހަވީރު” ހުއްޓުވުމަކީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ .
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ ” ހާވީރު ނޫސް ހުއްޓުވުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ލިބޭ ފޫނުބެދޭވަރުގެ ގެއްލުމެއް، ހަވީރަކީ އެންމެ ގިނަމީހުން ކިޔާ ދިވެހި ނޫސް” ނަޝީދުގެ ޓްވީޓުގައި ވެއެވެ .
ނަޝީދުގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްްވި މުހަަައްމަދު މަލީހު ޖަމާލުވެސް މިއަދު ވަނީ ހަވީރުގެ މައްސަލައާއި ގުޅޭގޮތުން ޓުވީޓެއް ކޮއްފައި އެވެ .މަލީހު ޓުވީޓުގައި ހަވީރު ނޫސް ނިޒާމުން ގެއްލުވާލާފައިވާ ކޮންމެ ދުވަހަކީ ދިވެހިންނަށް ފޫނުބެދޭވަރުގެ މައުލޫމާތުގެ ހުސްކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށް ފާހަގަކޮއްފައިވެއެވެ .
ހާވީރު ނޫސް ހުއްޓާލުމަށް ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައިއެވެ. އެ ކޯޓުން އެފަދަ އަމުރެއް ނެރުނީ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އަދި އިއްޔެ ވަނީ ހަވީރު ނޫހުގެ މިލްކިއްޔާތުގައިވާ ތަކެއްޗަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށް ، ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އިތުރުން ހަވީރުގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮއްފައި އެވެ .



ޚިޔާލުތައް